ދިވެހިރާއްޖެ
އިޢުލާން
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތާބެހޭ
އދ.ދިގުރަށު ކައުންސިލްގެ އެހީތެރިކަމާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އދ. ދިގުރަށުގެ ލޮބުވެތި އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން ދިގުރަށުގައި ވޮލީކުޅޭ ޒުވާން ކުދިން އުފެއްދުމަށާއި، ޒުވާނުންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށާއި، އަންހެން ކަނބަލުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމުގެ މަޤުޞަދުގައި މިކޮމެޓިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ވޮލީބޯޅަ މުބާރާތް މިއަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 19 އޭޕްރީލް 2026 ވާ އާދީއްތަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ދިގުރަށުގައި ރަޖިސްޓްރީވެފައިވާ ކުޅުންތެރިންނާއި، ދިގުރަށުގައި ދިރިއުޅޭ ކުޅުންތެރިންނާއި، ދިގުރަށު މީހުންނާއި ކައިވެނިކޮށްގެން އުޅޭ ރަށުން ބޭރު ކުޅުންތެރިންނަށެވެ.
ވީމާ، މިމުބާރާތުގައި ޓީމުތައް ބައިވެރި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ކޮމެޓީން ދޫކުރާ " މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރުއްވައި 08 އޭޕްރީލް 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
