އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - އެސިސްޓަންޓް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމު

އެސިސްޓަންޓް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ނަންބަރު:

J-447501

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

 ޕަބްލިކް ސަރވިސް ރޭންކު 4 - ސްޓެޕް 1

ސްކިލް ލެވެލް:

ސްކިލް ލެވެލް 3

މަޤާމުގެ މުސާރައާއި އެލަވަންސްތައް:

މަޤާމު

ރޭންކް

އަސާސީ މުސާރަ

މަޤާމުގެ އެލަވަންސް

ހާޒިރީ އިނާޔަތް

އެސިސްޓަންޓް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

ޕަބްލިކް ސަރވިސް ރޭންކު 4 - ސްޓެޕް 1

8505.00 ރ

2555.00 ރ

70.00 ރ

 

އެހެނިހެން އިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-  ހޮސްޕިޓަލް / ޞިއްޙީމަރުކަޒުގެޢާއްމު ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން، މެޑިކަލް ކޮންސިޔުމަބަލް ތަކެތި ސްޓޮކްކޮށް ހޮސްޕިޓަލަށް ބޭނުންވާ ތަންތަނަށް ޤަވާޢިދުން ތަކެތި ދޫކުރުމާއި މެޑިކަލް ކޮންސިޔުމަބަލްސް ތަކެތި ކަމާއި ބެހޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން ހޯދާ ސްޓޮކްކުރުން.

-  ހޮސްޕިޓަލް / ޞިއްޙީމަރުކަޒުފިއުލް ސްޓޮކް ޤަވާޢިދުން ބަލަހައްޓާ ފިއުލް އޯޑަރކުރުން، ހޮސްޕިޓަލް ޞިއްޙީމަރުކަޒު އިންވެންޓްރީ ބެލެހެއްޓުން.

-  ހޮސްޕިޓަލް / ޞިއްޙީމަރުކަޒުލިޔެކިޔުމާއި އެހެނިހެން މުދަލުގެ ސްޓޮކަށް ބޭނުންވާ ތަކެތި ހޯދާ އެތަކެތި ސްޓޮކްކޮށް ބަލަހައްޓާ ހަމަޖެހިފައިވާ ޤަވާޢިދުގެ ދަށުން ތަކެތި ދޫކުރުމާއި ސްޓޮކުން ތަކެތި ހުސްވިޔަނުދީ ސްޓޮކަށް މަދުވާ ތަކެތި ހޯދާ ސްޓޮކް ކުރުމާއި ނަހަމަ ގޮތުގައި ތަކެތި ސްޓޮކުން ބޭރުވިޔަ ނުދިނުން.

-  ކޮންޓްރޯލް ޑްރަގް ފަދަ ތަކެތީގެ ރެކޯރޑްސްތައް ޤަވާޢިދުން ބަލަހައްޓާ ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ސްޓޮކްގެ ހިސާބުތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި ރިޕޯރޓްތައް ތައްޔާރުކުރުން.

-  ސެކްޝަންތަކުން އެދޭ ތަކެތި ދުވަހުން ދުވަހަށް ސެކްޝަންތަކަށް ދޫކޮށް ސޮއިކޮށް ފޯމްތައް ފުރިހަމަކޮށް ފައިލްކުރުން.

-  ހޮސްޕިޓަލް / ޞިއްޙީމަރުކަޒުހޯދޭ ނުވަތަ އެކިއެކި ފަރާތްތަކުން ފޮނުވާ ތަކެތި ބަލައިގަނެ ޑެލިވަރީ ފޯމް، ނުވަތަ ގުޑްސް ރިސީވް ފޯމް ފުރިހަމަކޮށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން. އަދި ހޮސްޕިޓަލް / ޞިއްޙީމަރުކަޒުންއެކި ތަންތަނަށް ފޮނުވާ ތަކެތީގެ ޑިސްޕެޗް ނޯޓް ފުރިހަމަކޮށް ފޮނުވާ ، އަނބުރާ ފޯމްތައް ހޮސްޕިޓަލް / ޞިއްޙީމަރުކަޒުންހޯދާ ފައިލްކޮށް ބެލެހެއްޓުން.

- އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާގޮތެއްގެމަތިން ކުރުން. އަދި ހޮސްޕިޓަލް / ޞިއްޙީމަރުކަޒު ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމާއި އަދި އެހެނިހެން ސެކްޝަންތަކުން ކުރާ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.

-  ހޮސްޕިޓަލް / ޞިއްޙީމަރުކަޒުގެ ޢާއްމުއުޞޫލުތަކާއި، ޤަވާޢިދުތަކަށް ޢާއްމުން އިޙްތިރާމް ކުރުމަށް ބާރުއަޅާ އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން އަދި މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން.

-  މުއްދަތު ހަމަވާތަކެތި ކަނޑައެޅިފައިވާ ޤަވާޢިދުގެ ދަށުން ނައްތާލާ ރެކޯރޑްތައް ފުރިހަކުރުން.

- ޞިއްޙީ އިމަރޖެންސީތަކާއި ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

  • މަޤާމުގެ މަސައްކަތާއި ގުޅުންހުރި  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  1. އެކައުންޓިންގ 
  2. އެކައުންޓިންގ ޓެކްނީޝަން 
  3. އެޑްމިނިސްޓްރޭޝަން 
  4. ބިޒްނަސް 
  5. ބިޒްނަސް އެކައުންޓިންގ 
  6. ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  7. ބިޒްނަސް މެނޭޖްމަންޓް 
  8. ފައިނޭންސް 
  9. ހިޔުމަން ރިސޯސް މެނޭޖްމަންޓް 
  10. މެނޭޖްމަންޓް  
  11. ޕަބްލިކް އެކައުންޓިންގ 
  12. ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  13. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް 
  14. ޕަބްލިކް މެނޭޖްމަންޓް

ވަޒީފާއާއި ގުޅޭ މަސައްކަތުގެ ދާއިރާތައް:

  • ޞިއްޙީ ޚިދުމަތްދޭ އިދާރާއެއްގެ އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ހޮސްޕިޓަލުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Announcement/ViewDownloads/4
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  2. ގާބިލްކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަދި ދެވޭ އިމްތިހާނުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ 31 މާރިޗް 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް

[email protected] މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 01 އޭޕްރިލް 2026 އިން 22 އޭޕްރިލް 2026 އާއި ދެމެދު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 6885045 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

25 މާރިޗު 2026
ހޯދާ