ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސިގާފް އަށް އަހުލުވެރި ކުރުވުމަށް ބާއްވާ ވޯކްޝޮޕް ގެ ބައިވެރިންނަށް ކެއުން ތައްޔާރުކޮށް ކޭޓަރިން ޚިދުމަށްދޭނެ ފަރާތެއް ހޯދުމަށް
ސްކޫލް އިމްޕްރޫވްމެންޓް ކޮލިޓީ އެޝުއަރެންސް އެކައުންޓަބިލިޓީ ފްރޭމްވަރކް (ސިގާފް) އަށް ސްކޫލް ތަކުގެ އިސްވެރިން އަހުލުވެރިކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން 18 އޭޕްރީލް 2026 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވޯކްޝޮޕް ގެ ބައިވެރިންނަށް ކެއުން ތައްޔާރުކޮށް ކޭޓަރިން ޚިދުމަށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތް ކުރުމަށް ދަޢުވަތު ހުޅުވާލެވެނީ މިބާވަތުގެ ވިޔަފާރި ކުރުމަށް ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.މިބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 25 މާރޗް 2026 ން 28 މާރޗް 2026 ގެ ނިޔަލަށް ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް އެދި މި މުއްދަތުގައި ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
- ބީލަން ރަޖިސްޓްރީ ފޯރމް" ލިންކް: https://forms.gle/sRitR6w11hcnxijZ8
- މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 29މާރޗް2026 ވަނަ ދުވަހުގެ ނިޔަލަށް [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 01 އޭޕްރީލް 2026 ވާ ބުދަ ދުވަހުގެ 10:00 ގައި މި ސްކޫލްގައެވެ. ދެވިފައިވާ ގަޑީގެ ފަހުން އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދު ކުރެވިފައެވެ.
- މި ބީލަމާއިގުޅޭ މައުލޫމާތު ޝީޓް އަދި ބީލަން ހުށަހަޅާ ފޯމް އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ނޫރާނީ ސްކޫލް
ހިތަދޫ، އައްޑޫ
ފޯން: 6885917
އީ-މެއިލް: [email protected]
25 މާރިޗު 2026
ހޯދާ
