ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ހުޅުދެލީ ކައުންސިލް ފުޓްސަލް މުބާރާތް 2026

ދ.ހުޅުދެލީ ކައުންސިލުން، 2026 މެއި 31 ވަނަ ދުވަހު "ދ.ހުޅުދެލީ ކައުންސިލް ފުޓްސަލް މުބާރާތް 2026" ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ޓީމުތައް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވުމަށްފަހު 2026 މޭ 10 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ޓީމް ލިސްޓް 2026 މޭ 15 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ބައިވެރިވުމަށް އެދޭ ފޯމާއި، ޓީމް ލިސްޓް ހުށަހަޅާ ފޯމާއި، މުބާރާތުގެ ޤަވާއިދު ގެޒެޓްގައި އެއްކަރުދާސްކުރެވިފައިވާނެއެވެ. އަދި ހުޅުދެލީ ކައުންސިލްގެ އިދާރާއިން ވެސް ލިބިލައްވާނެއެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

25 މާރިޗު 2026
ހޯދާ