ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލު ވޯކްވޭ ހެދުން

އިޢުލާން

ސްކޫލުގެ ވޯކްވޭ ހެދުން

  1. މި ސްކޫލުގެގޯތި ތެރޭގައި ވޯކްވޭއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 މާރިޗު 25 ން 2026 މާރިޗު 29 ގެ ހެނދުނު 10:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/HA8bXqsQ5TUC5GvRA

  4. މި ޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމާއި ސައިޓް އިންސްޕެކްޝަން ކުރިއަށްދާނީ 2026 މާރިޗު 31 ވަނަދުވަހުގެ 11:00 ގައި ފިޔޯރީ ސްކޫލުގައެވެ.

  5. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 މާރިޗު 30 ވަނަ ދުވަހުގެ ނިޔަލަށް، މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޭޕްރީލް 2 ވަނަ ދުވަހުގެ 11:00 ގައި ފިޔޯރީ ސްކޫލުގައެވެ.

  7. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

  8. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

                ފިޔޯރީ ސްކޫލް

                ގދ.ފިޔޯރީ، ދިވެހިރާއްޖެ.    

                ފޯން:  7983086

                އީ-މެއިލް: admin@fiyoareeschool.edu.mv

25 މާރިޗު 2026
ހޯދާ