އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ހިތަދޫ އިރުމަތީފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓް ފެށުމަށްޓަކައި އެސަރަހައްދުގައި ތިބި ތަކެތި ނެގުމާ ގުޅޭ

އިޢުލާން

        ހިތަދޫ އަވަށުގެ އިރުމަތީފަރާތުގެ  ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓްގެ މަސައްކަތް 26 މާރިޗް 2026 ގައި ފެށުމުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ފެށުމުގެ ކުރިން މަސައްކަތު ސައިޓް ކޮންޓްރެކްޓަރާއި ޙަވާލުކުރަން ޖެހޭތީ މި އިއުލާނާއެކު އާންމުކޮށްފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަޙައްދުގައިހުރި ޢާއްމު ފަރާތްތަކުގެ ލޯންޗް، ދޯނި، ޖެޓީ އަދި ގާޑިޔާ ތަކުގެ ބެންޗް، ޖޯލި ފަދަ ތަކެތި ނެގުމަށް ބޭނުންވެއެވެ. ލޯންޗް ތަކާއި ދޯނިތައް ބަދަލުކުރަންޖެހޭ ސަރަހައްދުތައް މިއިޢުލާނާއެކު އާންމުކޮށްފައިވާ ޗާޓުގައި ފާހަގަކޮށްފައިވާނެއެވެ.

        ވުމާއިއެކު މިޕްރޮޖެކްޓް ކަނޑައެޅިފައިވާ ޓައިމްލައިނަށް ނިންމުމަށްޓަކައި ޕްރޮޖެކްޓް ފެށުމުގެކުރިން މިސަރަހައްދުގައިހުރި މަތީގައި ދެންނެވިފައިވާ ތަކެތި ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ނަންގަވައި ނިންމެވުން އެދެމެވެ. އަދި މި ފަދަ ކަންކަމުގައި ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަމެވެ.

05 ޝައްވާލް 1447

24 މާރިޗް 2026

24 މާރިޗު 2026
ހޯދާ