|
މަޤާމުގެ ނަންބަރު:
|
J-439950
|
|
ބޭނުންވާ އަދަދު:
|
01
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކު:
|
ރޭންކް 8 - ސްޓެޕް 1
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ސެކްރެޓޭރިއަޓް، ކ. މާލެ
|
|
އަސާސީ މުސާރަ:
|
12،790.00 ރުފިޔާ
|
|
މަޤާމުގެ އެލަވަންސް:
|
5،965.00 ރުފިޔާ
|
|
ހާޒިރީ އިނާޔަތް:
|
160.00 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)
|
|
އެހެނިހެން އެލަވަންސް:
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވިޔަފާރިތަންތަނުގެ މާލީ ހާލާތު ދިރާސާކުރުމަށްޓަކައި އެތަންތަނުން ހޯދަންޖެހޭ ލިޔުންތަކާއި އަދި މަޢުލޫމާތު ހޯދާ މި މަޢުލޫމާތުތަކަށް ރިއާޔަތްކޮށް ތައްޔާރުކުރަންޖެހޭ ރިވިއުކޮށް ރިޕޯޓްތައް ތައްޔާރުކުރުން.
- ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވިޔަފާރިތަންތަނަށް ސަރުކާރުގެ ގެރެންޓީގެ ދަށުން ދޫކޮށްފައިވާ ލޯނުތަކުގެ ފައިސާ ބޭނުންކުރަމުންދަނީ ލޯނު ދޫކޮށްފައިވާ މަގްސަދާއި، އަދި އެހެނިހެން ކަންކަމާއި އެއްގޮތަށްތޯ ބެލުމަށްޓަކައި މޮނިޓަރ ކުރާނެ މެކޭނިޒަމެއް އެކުލަވާލައި މޮނިޓަރކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާއި، އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިޖްތިމާއީ ޒިންމާއާގުޅޭ ގޮތުން ކުރާ ހަރަދުގެ މައުލޫމާތު ބޯޑަށް ހިއްސާކޮށް، ކުންފުނިން މިކަންކަމާއި ގުޅޭ ގައިޑްލައިންތަކަށް ޢަމަލުކުރާ މިންވަރު ދެނެގަތުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތި ކުރުމާއި ގުޅޭ މަސައްކަތްތައް ކުރުމާއި، ބަޖެޓާއި އެއްގޮތަށް އެކުލަވާލާފައިވާ ޓަރގެޓްތައް ހާސިލްކޮށްފައިވޭތޯ ބަލައި، އެ ކުންފުނިތަކުގެ ބޯޑު މެންބަރުންނަށް ދޭ އިނާޔަތްތައް ކަނޑައެޅުމަށް ކުރަންޖެހޭ ރިވިއުތައް ކުރުމާއި، އަދި ކަމާގުޅޭ އުސޫލުތަކަށް ބަދަލެއް ގެންނަންޖެހިއްޖެ ހާލަތެއްގައި މަޝްވަރާކުރުމަށްފަހުގައި ބަދަލު ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރުމަށްޓަކައި ތައްޔާރުކުރަންޖެހޭ ޓޫލްކިޓް، އުސޫލު، ޓެކްނިކަލް ކަރުދާސްތައް އެކުލަވާލުމާއި އަދި އެކުލަވާލާފައިވާ ޓޫލްކިޓްތަކާއި އަދި އުސޫލުތައް އިސްލާހުކުރަން ޖެހިއްޖެހާލަތެއްގައި އެ މަސައްކަތްތައް ކުރުން.
- ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވިޔަފާރިތަންތަނުގެ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލާފައިވާ އެހެނިހެން އުސޫލުތަކާއި، ގައިޑުލައިންތަކާއި، އެންގުންތަކާއި އެއްގޮތަށް ކުންފުނިތަކުން އަމަލުކުރޭތޯ ބަލައި ރަނގަޅުކުރަންޖެހޭ ކަންތައްތައް ކުންފުނިތަކަށް އެންގުން.
- ގާނޫނު ނަންބަރު 2013/3 "ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރޭޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުގެ ދަށުން " މޮނިޓަރކޮށް އިވެލުއޭޓްކުރުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްކުރުން.
- ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވިޔަފާރިތަންތަނުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ދާންޖެހޭ ބައްދަލުވުންތަކަށް ދިޔުމާއި، މުއާމަލާތުތަތައް ކުރުމާއި، މަޝްވަރާތަކުގައި ބައިވެރިވުން.
- ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވިޔަފާރިތަންތަނުގެ ހިންގުން ހަރުދަނާކުރުމާއި، އެ ތަންތަނުގެ ހިނގާނުހިނގާގޮތް ބެލުމަށްކުރަންޖެހޭ ދިރާސާތައްކޮށް ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ލަފާދިނުން.
- ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވިޔަފާރިތަންތަނުގެ ތެރެއިން އެކަށީގެންވާ ފައިދާ ނުލިބޭ ތަންތަނާމެދު އަޅާނެ އިސްލާހީ ފިޔަވަޅުތައް އެޅުމަށްޓަކައި (ފިޔަވަޅުތައް އެޅުމުން ލިބޭ ނަތީޖާތަކަށް ރިއާޔަތްކޮށް) ކުންފުނިތަކުން މައުލޫމާތުހޯދައި ދިރާސާކުރުން.
- ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވިޔަފާރިތަންތަނުގެ އެކްސްޓާރނަލް ރިވިއު/އޮޑިޓް އަދި އިންޓާރނަލް ރިވިއު/އޮޑިޓްތަކުގައި ފާހަގަކޮށްފައިވާ ކަންތައްތައް އިސްލާހުކުރުމުގެ ގޮތުން އަމަލީ ސިފަގެނެސްފައިވާ މިންވަރުބަލައި، ފޮލޯއަޕް ހެދުމާއި އަދި އިތުރުން ދޭންޖެހޭ ރިކަމަންޑޭޝަންއެއްވާނަމަ އެ ރެކަމެންޑޭޝަންތައް ދިނުން.
- ކުރިއަށް އޮތް އަހަރުގެ ކުރަންޖެހޭ މަސައްކަތްތަކުގެ ޕްލޭން އެކުލަވާލުމަށް، ގާނޫނީގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި، ކުރަންފެންނަ މަސައްކަތްތައް، ނޮވެމްބަރު މަސް ނިމުމުގެ ކުރިން އެސް.އޯ.އީ މޮނިޓަރިން އެންޑު އިވެލުއޭޝަން ޑިރެކްޓަރާއި މަޝްވަރާކަށް، ކުރިއަށް އޮންނަ އަހަރުގެ އަހަރީ ޕްލޭން އެކުލަވާލުމުގައި އަމަލީގޮތުން ބައިވެރިވުން.
- ސެކްޝަނުން ކުރަންޖެހޭ މަސައްކަތްތަކާގުޅޭ ކަންކަން އެސް.އޯ.އީ ގޭޓްވޭއަށް އަޕްގްރޭޑް ކުރުމުގެ ގޮތުން ޑިވަލޮޕަރުންނަށް ބަދަލުތައް ހިއްސާކޮށް ކުރަންޖެހޭ މުއާމަލާތުތައް ކުރުން.
- ޓެކްނިކަލް މަސައްކަތްތައް އަވަހަށް ނިންމޭނެ ގޮތްތަކާއި، އެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންތައްތައް ލިބިފައި ހުރި ތަޖުރިބާއާއި އިލްމުގެ އިތުރުން ދިރާސާތައްކޮށް އެސް.އޯ.އީ މޮނިޓަރިން އެންޑު އިވެލުއޭޝަންގެ ޑިރެކްޓަރގެ ލަފައާއި އެކު ބޯޑަށް ހުށައެޅުން.
- މީގެ އިތުރުންވެސް އެސް.އޯ.އީ މޮނިޓަރިން އެންޑު އިވެލުއޭޝަންގެ ޑިރެކްޓަރ، ބޯޑުގެ ރައީސް، ނާއިބްރައީސް އަދި ސެކްރެޓަރީ ޖެނެރަލް ޙަވާލުކުރާ އިދާރާގެ މަސައްކަތްތަކާއި ގޫޅުންހުރި އިތުރު މަސައްކަތްތައް ކުރުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.
ނުވަތަ
މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އެކައުންޓިންގ
- އެކައުންޓިންގ އެނަލިޓިކްސް
- އެކައުންޓިންގ އެންޑް ފައިނޭންސް
- އެކައުންޓިންގ އެންޑް ފައިނޭންޝަލް ފޮރެންސިކް
- އެކައުންޓިންގ އެންޑް ފައިނޭންޝަލް މެނޭޖްމަންޓް
- އެކައުންޓިންގ އެންޑް ފަންޑަމެންޓަލް އެނަލިސިސް
- އެކައުންޓިންގ އެންޑް އިންފޮމޭޝަން ސިސްޓަމްސް
- ބޭންކިންގ
- ބިޒްނަސް އެނަލިޓިކްސް
- ބިޒްނަސް ލޯ
- ބިޒްނަސް މެނޭޖްމަންޓް
- ކޮމަރޝަލް ލޯ
- ކޮމްޕެޓިޝަން ލޯ
- ކޯޕަރޭޓް އެކައުންޓިންގ
- ކޯޕަރޭޓް ފައިނޭންސް
- ކޯޕަރޭޓް ލޯ
- ޑޭޓާ އެނަލިޓިކްސް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް
- އިކޮނޮމިކް އެނަލިސިސް
- އިކޮނޮމިކް ޑިޒިޝަން އެންޑް ކޮސްޓް ބެނެފިޓް އެނަލިސިސް
- އިކޮނޮމިކް ޕޮލިސީ އެންޑް ޑޭޓާ އެނަލިޓިކްސް
- އިކޮނޮމިކްސް
- ފައިނޭންސް
- ފައިނޭންސް އެންޑް އެނަލިޓިކްސް
- ފައިނޭންޝަލް އެނަލިސިސް
- ފައިނޭންޝަލް އެނަލިސިސް އެންޑް ފަންޑް މެނޭޖްމަންޓް
- ފައިނޭންސް އެނަލިސިސް އެންޑް އިންވެސްޓްމަންޓް މެނޭޖްމަންޓް
- ފައިނޭޝަލް އެނަލިސްޓް
- ފައިނޭންޝަލް އެންޑް މެނޭޖްމަންޓް އެކައުންޓިންގ
- ފައިނޭންޝަލް އިކޮނޮމިކްސް
- ފައިނޭންޝަލް އިންޖިނިއަރިންގ
- ފައިނޭންޝަލް ލޯ
- ފައިނޭންޝަލް މެނޭޖްމަންޓް
- ފައިނޭންޝަލް މާކެޓްސް
- ފައިނޭންޝަލް ޕްލޭނިންގ
- ފިސްކަލް ސްޓަޑީޒް
- ފޮރެންސިކް އެކައުންޓިންގ
- ފޮރެންސިކް އެކައުންޓިންގ އެންޑް ފައިނޭންޝަލް ކްރައިމް
- ފޮރެންސިކް އޮޑިޓް އެންޑް އެކައުންޓިންގ
- ހިއުމަން ޑިވެލޮޕްމަންޓް
- ހިއުމަން މެނޭޖްމަންްޓް އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް
- ހިއުމަން ރިސޯސް
- ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް
- ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް މެނޭޖްމަންޓް
- ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓް
- ހިޔުމަން ރިސޯސް މެނޭޖްމަންޓް
- ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް
- ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓަލަންޓް މެނޭޖްމަންޓް
- ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓްރޭނިންގ
- ހިއުމަން ރިސޯސް ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް
- ހިއުމަން ރިސޯސަސް އެޑްމިނިސްޓްރޭޝަން
- ހިއުމަން ރިސޯސަސް އެންޑް އެމްޕްލޯއިމަންޓް
- ހިއުމަން ރިސޯސަސް އެންޑް ނޮލެޖް މެނޭޖްމަންޓް
- ހިއުމަން ރިސޯސަސް އެންޑް އޯގަނައިޒޭޝަނަލް ބިހޭވިއަރ
- ހިއުމަން ރިސޯސަސް އެންޑް ޓެލަންޓް ޑިވެލޮޕްމަންޓް
- ހިއުމަން ޓެލަންޓް މެނޭޖްމަންޓް
- އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް
- އިސްލާމިކް ފައިނޭންސް
- ލޯ
- ލީޑަރޝިޕް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް
- ލީޑަރޝިޕް މެނޭޖްމަންޓް
- ލޮޖިސްޓިކްސް މެނޭޖްމަންޓް
- މެނޭޖްމަންޓް
- މެނޭޖްމަންޓް އެނަލިޓިކްސް
- މެނޭޖްމަންޓް އެންޑް ޕީޕަލް މެނޭޖްމަންޓް
- މެނޭޖީރިއަލް އެންޑް ފައިނޭންޝަލް އިކޮނޮމިކްސް
- މަނިޓަރީ އެންޑް ފައިނެޝިއަލް އޮކޮނޮމިކްސް
- އޮޕަރޭޝަންސް މެނޭޖްމަންޓް
- އޯގަނައިޒޭޝަން މެނޭޖްމަންޓް
- އޯގަނައިޒޭޝަނަލް ޑިވެލޮޕމަންޓް
- ޕީޕަލް މެނޭޖްމަންޓް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް
- ޕްރޮކިއުމަންޓް މެނޭޖްމަންޓް
- ޕްރޮފެޝަނަލް އެކައުންޓިންގ
- ޕްރޮޖެކްޓް މެނޭޖްމަންޓް
- ޕަބްލިކް ފައިނޭންސް
- ޕަބްލިކް ފައިނޭންސް އެންޑް އިކޮނޮމިކްސް
- ޕާޗޭސިންގް
- ކޮންޓިޓީ ސާވޭއިންގް
- ސްޓްރެޓީޖިކް ބިޒްނަސް މެނޭޖްމަންޓް
- ސްޓްރެޓީޖިކް ހިއުމަން ރިސޯސް މެނޭޖްމަންޓް
- ސްޓެރެޓީޖިކް މެނޭޖްމަންޓް
- ސަޕްލައި ޗެއިން މެނޭޖްމަންޓް
- ޓެކްސް އެކައުންޓިންގ
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
- މާލީ ހިސާބު ބެލެހެއްޓުމުގެ މަސައްކަތް
- މާލީ ކަންތައްތަކާގުޅޭ ޕޮލިސީ
- ގަވަރނަންސް
- ފަންނީ މަސައްކަތް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓު https://www.finance.gov.mv/careers އިންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 އޭޕްރިލް 2026 ގެ 13:00 ގެ ކުރިން، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި ވުޒާރާގެ އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާން އޮންނާނީ، 07 އޭޕްރިލް 2026 އާއި 20 އޭޕްރިލް 2026 އާ ދެމެދު، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ ގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1617 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|