މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ގޮއިދޫ ކައުންސިލުން އިމާރާތް ކުރަމުންދާ ޖިމްގެ ފިނިޝިންގ މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

 ށ. ގޮއިދޫ ކައުންސިލުން އިމާރާތް ކުރަމުންދާ ޖިމްގެ ފިނިޝިންގ މަސައްކަތް  ކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު

                  މި ކައުންސިލުން އިމާރާތް ކުރަމުންދާ ޖިމްގެ ފިނިޝިންގ މަސައްކަތް ކުރުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު: (IUL)273/273/2025/36 (26 އޮކްޓޯބަރ 2025)  އިޢުލާންގެ މަޢުލޫމާތުތަކަށް ބައެއް ބަދަލުތައް އައިސްފައިވާތީ އެއިޢުލާން ބާތިލުކޮށް، އަލުން މި މަސައްކަތް އަމިއްލަ ތަކެތީގައި މި އިދާރާއިންދޭ މަޢުލޫމާތާއި ކުރެހުންތަކާއި އެގޮތަށް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

                    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ކުންފުނިތަކުން 31 މާރޗް 2026 ދުވަހުގެ 14:00 ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކޮށް [email protected]  އަށް މެއިލް ކުރެއްވުމަށްފަހު ތިރީގައި މިދަންނަވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަމުގެ މަޢުލޫމާތު ކަރުދާސް ބީލަމުގެ ރަޖިސްޓްރީ ވާ ފަރާތްތަކަށް 01 އޭޕްރީލް 2026ގެ 14:00 ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ. އަދި ބީލަން ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު  ދެވެންނެތް ވާހަކަ ދަންނަވަމެވެ.

#

 

ތަން

ތާރީޚް

ގަޑި

1

ބީލަމުގައި ރަޖިސްޓްރީވުމަށް

ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް [email protected]  އަށް މެއިލް ކުރައްވައިގެންނެވެ.

24 މާރޗް 2026ފެށިގެން 31 މާރޗް 2026

14:00 އަށް

2

ބީލަމުގެ މަޢުލޫމާތު ސެޝަން

ށ.ގޮއިދޫ ކައުންސިލް އިދާރާގެ މީޓިން ރޫމް

01 އޭޕްރިލް 2026

13:00 ގައި

3

ބީލަމުގެ މަޢުލޫމާތު ކަރުދާސް ފޮނުވުން

ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ.

01 އޭޕްރިލް 2026

14:00 ކުރިން

4

ބީލަން ހުށަހެޅުން

ށ.ގޮއިދޫ ކައުންސިލް އިދާރާގެ މީޓިން ރޫމް

07 އޭޕްރިލް 2026

13:00 އަށް

 

                     މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިއިދާރާގެ ނަންބަރު 9606540043  ފޯނާއި ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ވަޑައިގަތުމުން  ސާފުކޮށްދެވޭނެއެވެ.

                       ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

24 މާރިޗު 2026
ހޯދާ