ދިވެހިރާއްޖެ
ނަންބަރު: (IUL)303-CA/303/2026/12
އިއުލާން
އުނގުލަށް އަރާ ފޭބުމާ ގުޅޭ
ރ. އުނގުލަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ޤަރާރަކުން، ރ. އުނގޫފާރު ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ އުނގޫފާރުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ރަށެކެވެ. އެހެންކަމުން ކައުންސިލުން އުނގުލާމެދު އަމަލުކުރާނެ ވަކި އުސޫލެއް ކަނޑައަޅާ ނިމެންދެން އެ ރަށަށް އަރާ ފޭބުމުގައި އަމަލުކުރާނީ ތިރީގައި މިދަންނަވާ އުސޫލުންނެވެ.
- އުނގުލަށް އެރުމަށް ހުއްދަ ދެވޭނީ މި އިއުލާނާއެކު އާއްމުކޮށްފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރާ ފަރާތް ތަކަށެވެ. ގޫގުލް ފޯމް ފުރިހަމަ ކުރުމުގެ ސުންގަޑި އަކީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިންނެވެ.
- އުނގުލަށް އަރާ ފޭބުމުގެ ހުއްދަ ދެވޭނީ އުނގޫފާރުގެ ރަށްވެހިންނަށާއި ރަށްވެއްސަކާއި ކައިވެނިކޮށްގެން އުނގޫފާރުގައި ދިރިއުޅޭ ފަރާތްތަކާއި އެފަރާތްތަކުގެ ދަރިންނަށެވެ. އެ ގޮތުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 7:30 ން ހަވީރު 5:00 ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް، އުނގުލަށް އެރުމުގެ ފުރުޞަތަށް އެދި ފޯމް ފުރާ އުނގޫފާރުގެ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ.
- ރަށުން ހޮވާ ކޮންމެ 04 ކާށިން 01 ކާށި ކައުންސިލަށް ލިބެންވާނެއެވެ. އަދި ގެނެވޭނީ ހަމައެކަނި ހޮވާ ކާށި ކަމުގައި ދަންނަވަމެވެ. ހަމައެއާއެކު ރުއް ގަހަށް އެރުމާއި ދިގު ދަނޑި ބޭނުން ކޮށްގެން ރުއް އެޅުމަކީ މަނާ ކަމެއްގަމުގައި ދަންނަވަމެވެ.
- ހޮވާ ކާށީގެ ތެރެއިން ކައުންސިލަށް ލިބޭ ކާށި ވިއްކުމަށްވަނީ ހަމަޖެހިފައެވެ. އުނގުލުން ގަންނަ ނަމަ 5ރ އަށް އުނގޫފާރުން ނަމަ 7ރ އަށް ކާއްޓެއް ގަންނަން ލިބޭނެ އެވެ.
- ކަށިކެޔޮ ގަނޑެއް -/100ރ (ކަނޑަންވާނީ ދޮންވެފަ ހުންނަ ކަށި ކޭލެވެ.)
- މަތީގައި ފާހަގަކުރެވިފައިވާ ތަކެތި ފިޔަވާ ކުއްޅަވައް، ފަން، މިދިލިއޮށް ހޮވާ ފަރާތަށް ލިބޭނެ ވާހަކަ ދަންނަވަމެވެ.
ނޯޓް: ރަށުން ރުއްގަސް ކެނޑުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. އަދި ރަށަށް އާރާ ފައިބާ ފަރާތްތަކުން، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ.
ވީމާ، މި ކައުންސިލްގެ ރަސްމީ ހުއްދައެއް ނެތި އެއްވެސް ފަރާތަކުން ރ. އުނގުލަށް އަރާ ފޭބުމަކީ މަނާކަމެއްކަން ޢާންމުކޮށް އަންގާ އިޢުލާންކުރަމެވެ. އަދި މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު، ކަނޑައެޅިފައިވާ ޤާނޫނީ އުޞޫލުތަކުގެ ތެރެއިން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް މި ކައުންސިލުން އަޅަމުންދާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
