މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ސްކޫލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިސްކޫލްގެ ފައުންޑޭޝަން ކުލާސް، ގްރޭޑް7، ގްރޭޑް 8، ސައިންސްލެބް ލައިބްރަރީ އަދި ކޮންޕިއުޓަރލެބްގެ  5 ކަނީގެ 18 ކުޑަދޮރާއި، 3 ކަނީގެ 6 ކުޑަދޮރު އަދި 6 ބޮޑުދޮރު ނަގައި އަމިއްލަ ތަކެތީގައި  އެލްމްނިއަމް ދޮރަށް ބަދަލު ކުރަން ބޭނުންވެއެވެ.

 

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިސްކޫލްގައި ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރުން އޮންނާނީ  2026 މާރޗް 25 އިން 2026 މާރޗް 31 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:15 އިން 12:45 އަށެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓްކޮށް މައުލޫމާތު ދިނުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

 

  1. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 މާރޗް 31 ވާ އަންގާރަ ދުވަހުގެ 11:15 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2026 އޭޕްރީލް 05 ވާ އާދީއްތަ ދުވަހުގެ 10:30 ގައި މިސްކޫލްގައި އޮންނާނެއެވެ.

 

  1. ބިޑް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2026 އޭޕްރިލް 13 ވާ ހޯމަ ދުވަހުގެ 10:30 ގައި މިސްކޫލްގައެވެ.

 

  1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހިތާދޫ ސްކޫލް

ބ. ހިތާދޫ، ދިވެހިރާއްޖެ.

ފޯން: 6600314

އީ-މެއިލް: [email protected]

24 މާރިޗު 2026
ހޯދާ