ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ ގޯތިތެރޭގައި ތައްޔާރުކުރާ ބާސްކެޓްކޯޓެއްގައި ބާސްކެޓްބޯލް ރިންގްސެޓެއް ހަރުކުރަން ބޭނުންވެގެން ކުރެވުނު މި ސްކޫލުގެ ނަންބަރު 2015/64/JS-B އިޢުލާނާ ގުޅިގެން ދޫކުރެވުނު މަޢުލޫމާތާ އެއްގޮތަށް، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހުށަހަޅަން އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، މި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން ފުރުޞަތު ހުޅުވާލީމެވެ.
ވީމާ، ސްކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 21 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
4 ރަބީޢުލްއައްވަލް 1437