ދިވެހިރާއްޖެ
ނަންބަރު: (IUL)242-CA/242/2026/2
|
އިޢުލާނު
|
|
|
މަޤާމު: |
ސެކިއުރިޓީ އޮފިސަރ (ވަގުތީ) |
|
މަޤާމުގެ ނަންބަރު: |
J-376470، J-376471 |
|
ބޭނުންވާ އަދަދު: |
02 |
|
މަޤާމުގެ ގިންތި: |
ވަގުތީ (1 އަހަރާއި 11 މަސް) |
|
މަޤާމުގެ ރޭންކު: |
ޕަބްލިކް ސަރވިސް ރޭންކް 1 |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ ގދ. ތިނަދޫ |
|
މުސާރަ: |
މަހަކު 7535.00 ރުފިޔާ |
|
މަޤާމުގެ އެލަވަންސް |
މަހަކު 2260.00 ރުފިޔާ |
|
ޙާޒިރީ އެލަވަންސް: |
60.00 ރުފިޔާ (ހަމަޖެހިފައިވާ އުޞޫލުން، ޙާޒިރުވާ ކޮންމެ ދުވަހަކަށް) |
|
އެހެނިހެން އެލަވަންސް: |
1 - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ، އަދި ރަމަޟާންމަހު އިނާޔަތު ފައިސާ. 2- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 2- ކައުންސިލްގެ އިދަރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލްއަށް ފުރިހަމައަށް ޖަވާބުދާރީވުން. 3- އޮފީސް ހުޅުވާފައި ހުންނަ ގަޑިއާއި ބަންދުކޮށްފައި ހުންނަގަޑީގައި ތަނަށް އެއްވެސް ގެއްލުމެއްވޭތޯ ބެލެހެއްޓުމާއި ނައިޓް ޑިއުޓީގައި ގޯތިތެރެ ޗެކްކުރުން. 4- އޮފީސް ބަންދުކުރުމުން އޮފީހާއި އެހެނިހެން ޢިމާރާތްތަކުގެ ބޮޑުދޮރުތަކާއި ބޭރުގޭޓް އަދި ކުޑަދޮރުތައް ބަންދުކޮށްފައިހުރިތޯ ބެލުން ، އަދި ދޮރެއް ބަންދުނުކުރެވި ހުރެއްޖެނަމަ އޮފީހުގެ ވެރިޔަކަށް ވަގުތުން އެންގުން. 5- ޢިމާރާތުގެ ބޭރުގެ ހޮޅިބުރި އެއް އަދައިފިނަމަ އެކަމެއް ކަމާބެހޭ މުވައްޒަފަށް އެންގުމާއި، ކަރަންޓު ދިއުން ފަދަކަމެއް ދިމާވެއްޖެ ޙާލަތެއްގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު އެފަދަ ޙާލަތެއްގައި ބޭނުންކުރެވޭ ގޮތަށް ބަހައްޓަންޖެހޭ ތަކެތު ރަނގަޅަށް މަސައްކަތް ކުރާ ޙާލަތުގައު ހުރިކަން ޔަޤީން ކުރުން. 6- ބަންދު ގަޑީގައި ކައުންސިލް އިދާރާގެ މުވައްޒަފުން ފިޔަވައި ބޭރުމީހަކު ނުވަތަ ބަޔަކު އޮފީހުގެ ޢިމާރާތަށާއި ގޯތި ތެރެއަށް ވަންނަނަމަ އެކަން މަނާކުރުން. 7- ސެކުއުރިޓީ ބަލަހައްޓާ ސަރަޙައްދުގެ ފާރުމައްޗަށް އެއްވެސް މީހަކު އަރާތަން ފެނިއްޖެނަމަ އެކަން ހުއްޓުވާ އަދި ކަމާބެހޭ ފަރާތަށް އެކަން ވަގުތުން އެންގުން. 8- އެއްޑިއުޓީއިން އަނެއްޑިއުޓީ އަށް ބަދަލުވާއިރު އަލަށް ހަވާލުވާ ސެކުއުރިޓީ އޮފިސަރ ނިމުނު ޑިއުޓީގެ ކުރު ބްރީފިން އެއްދީ ތަންހަވާލުކުރުން ، އަދި އޮފީހުގެ ރަސްމީ މަސައްކަތަކާގުޅޭ ގޮތުން ޙަވަލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން. 9- ބެލެހެއްޓުމުގެ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބަޔާންވެދިޔަ ކަންތައްތަކުގެ އިތުރުން ކަމެއް ކުރަން ޖެހިއްޖެނަމަ އެވަގުތަކު އެކަމެއް ކުރެވެން އޮތް އެކަށީގެންވާ ގޮތަކަށް އެކަމެށް ކުރަންވާނެއެވެ. 10- ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޙާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި. އިދާރާގެ ދާއިރާގެ ތެރެއިން ޙަވާލުޖުރެވޭ އެހެނިހެން ކަންތައްތައް ކުރުން. 11- މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް މުވައްޒަފަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ނުވަތަ ވަގުތީގޮތުން މުވައްޒަފަކު މަދުވުމުގެ ސަބަބުން އެމުވައްޒަފަކު ކުރާ މަސައްކަތެއް ހަވާލުކޮށްފި ހާލަތެއްގައި އެމަސައްކަތެއް ހާވާލުކުރެއްވި މުއްދަތުގައި ކުރުން.
|
|
މަޤާމުގެ ޝަރުޠުތައް: |
ލިޔަން ކިޔަން އެނގުން ނުވަތަ މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ގުޅޭ ވަޒީފާގެ ދާއިރާތައް.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 މާރިޗް 2026 ގެ 13:00 ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު އަދި އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ، 31 މާރިޗް 2026 އާއި 15 އެޕްރީލް 2026 އާ ދެމެދު، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. |
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841032 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް < "ރެކްރޫޓްމެންޓް އުޞޫލު" (/51Index/Policy/mv.gov.csc.www://https (އިން ލިބެން ހުންނާނެއެވެ. |
|
