ދިވެހިރާއްޖެ
(IUL)38-BB/38/2026/158 :ނަންބަރު
އިޢުލާން
|
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 |
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާނެ އޮފިޝަލަކަށްވުމަށްއެދި ކުރިމަތިލުމަށް ދެވިފައިވާ މުއްދަތު އިތުރުކުރުން
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުން ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)38-BB/38/2025/249 އިޢުލާނުގެ މުއްދަތު އިތުރުކުރީމެވެ.
ވީމާ، އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް 2026 މާރިޗް 26 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް
- ޕޯޓަލްއަށް ލޮގިން ކުރެވޭނީ ވެރިފައިޑް އީ-ފާސް އެކައުންޓެއް މެދުވެރިކޮށެވެ.
- އީ-ފާސް މެދުވެރިކޮށް ޕޯޓަލްއަށް ލޮގިންވުމަށްފަހު އީ-ފާސްގެ މަޢުލޫމާތު ޕޯޓަލްއަށް ދިނުމަށް ހުއްދަ (Permission) ދޭންވާނެއެވެ.
- ޕޯޓަލްއަށް އަޕްލޯޑްކުރެވޭނީ ހަމައެކަނި ޕީ.ޑީ.އެފް ފައިލްއެވެ.
- ޕޯޓަލްއަށް ފޯމު އަޕްލޯޑުވުމުން ފޯމުގެ ސްޓޭޓަސް ޕޯޓަލްއިން ފެންނާނެއެވެ.
ޝަރުތު:
- ޢުމުރުން 18 އަހަރުވެފައިވުން.
- އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިޚާބީ މަޤާމެއް ނުވަތަ ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ މަޤާމެއް ފުރާ މީހެއް ކަމުގައި ނުވުން.
- ސިޔާސީ ޙަރަކާތްތަކުގައި އިސް ރޯލެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
- އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި ބައިވެރިވާ މީހަކު ކަމުގައި ނުވުން.
- އިންތިޚާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ ޢާއިލީ މެމްބަރެއް ކަމުގައި ނުވުން. (ޢާއިލީ މެމްބަރެއްގެ ގޮތުގައި ބަލާނީ މަންމަ، ބައްޕަ، އަނތްބެއް، ފިރިއެއް، ދަރިއެއް، އެއްބަނޑު އެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ ކޮންމެ މީހެއް).
- އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއް، ކެންޑިޑޭޓެއްގެ މަންދޫބެއް، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ކުރިމަތިލައި ފައިވާ މީހަކު ކަމުގައި ނުވުން.
- ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.
- ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހި މަސައްކަތްކުރެވޭނެ މީހަކު ކަމުގައިވުން.
- އޮފިޝަލެއްގެ ގޮތުގައި އައްޔަންކުރާ ފަރާތަކީ ވޭތުވެދިޔަ އިންތިޚާބެއްގައި އެއްވެސް މައްސަލައެއް ދިމާވެ، ބްލެކްލިސްޓް ކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.
- ސްކޫލު ދަރިވަރަކު ކަމުގައި ނުވުން.
- އިލެކްޝަންސް ކޮމިޝަނުން ބޭއްވި އެއްވެސް އިންތިޚާބެއްގައި އެއްވެސް މައްސަލައެއް ދިމާވެ އެފަރާތަކާ މެދު އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅުއަޅައި އަދި އެފިޔަވަޅު ދެމިއޮތް ފަރާތެއްކަމުގައި ނުވުން.
އުޖޫރަ:(މި އުޖޫރަ ލިބޭނީ ޓްރެއިނިންގ ފުރިހަމަކޮށް ވޯޓުލާދުވަހު ކަނޑައެޅިފައިވާ މަޤާމުގައި މަސައްކަތްކުރުމުން)
|
މަޤާމު |
އޮފިޝަލް އެލަވަންސް |
ހާއްސަ އެލަވަންސް |
ޓްރެއިނިންގ އެލަވަންސް |
ފޯނު އެލަވަންސް |
ޖުމްލަ |
||
|
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު |
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު |
ޓްރެއިނިންގ |
ރިފްރެޝަރ |
||||
|
ވޯޓުލާ މަރުކަޒުގެ ވެރިޔާ |
-/1800ރ |
-/700ރ |
-/700ރ |
-/300ރ |
-/150ރ |
-/100ރ |
-/3750ރ |
|
ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާ |
-/1600ރ |
-/700ރ |
-/700ރ |
-/300ރ |
-/150ރ |
- |
-/3450ރ |
|
ވޯޓުލާ މަރުކަޒުގެ އޮފިޝަލް |
-/1500ރ |
-/500ރ |
-/500ރ |
-/300ރ |
-/150ރ |
- |
-/2950ރ |
|
ވޯޓުލާ މަރުކަޒުގެ ގުނާ އޮފިޝަލް |
-/1500ރ |
-/500ރ |
-/300ރ |
-/150ރ |
- |
-/2450ރ |
|
|
ރިޒާވް އޮފިޝަލް |
-/700ރ |
- |
- |
-/300ރ |
-/150ރ |
- |
-/1150ރ |
- މަތީގައިވާ އުޖޫރައަކީ އޮފިޝަލް އެލަވަންސް، މި އިންތިޚާބަށް ކަނޑައެޅިފައިވާ ހާއްސަ އެލަވަންސް، ޓްރެއިނިންގ އެލަވަންސް އަދި ފޯނު އެލަވަންސް ހިމެނޭގޮތަށް އޮފިޝަލަކަށް ޖުމްލަ ލިބޭނެ އަދަދެވެ. އަދި މީގެ އިތުރުން ތިރީގައިވާ ގޮތުގެ މަތިން ކޮއްތު ފައިސާ އާއި އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
އިތުރުގަޑީގެ ފައިސާ:
- 18 ގަޑިއިރަށްވުރެ އިތުރުވާ ކޮންމެ ގަޑިއަކަށް ތިރީގައިވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމު |
އިތުރުގަޑީގެ ފައިސާ (ގަޑި އިރަކަށް) |
|
ވޯޓުލާ މަރުކަޒުގެ ވެރިޔާ |
-/100ރ (ސަތޭކަ ރުފިޔާ) |
|
ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާ |
-/75ރ (ހަތްދިހަ ފަސް ރުފިޔާ) |
|
ވޯޓުލާ މަރުކަޒުގެ އޮފިޝަލް |
-/50ރ (ފަންސާސް ރުފިޔާ) |
|
ވޯޓުލާ މަރުކަޒުގެ ގުނާ އޮފިޝަލް |
-/50ރ (ފަންސާސް ރުފިޔާ) |
|
ރިޒާވް އޮފިޝަލް |
ވޯޓުލާ ނިމުމުގެ ކުރީގެ ގަޑިއެއްގައި އޮފިޝަލަކު ބަދަލުކުރަން ޖެހިއްޖެނަމަ އެމަޤާމަށް ރިޒާވް އޮފިޝަލުންގެ ތެރެއިން އޮފިޝަލަކު ހަމަޖައްސާ ހާލަތުގައި އިތުރުގަޑީގެ ފައިސާ ދެވޭނީ އެ އޮފިޝަލަކަށް ކަނޑައެޅިފައިވާ ރޭޓުންނެވެ. |
ކޮއްތު ފައިސާ:
- އިންތިޚާބުތަކުގައި މަސައްކަތްކުރާ އޮފިޝަލުންނަށް މަސައްކަތުގެ ވަގުތަށް ބަލައި ކެއުމާއި ސައި ކޮމިޝަނުން ހަމަޖައްސައިނުދޭނަމަ ތިރީގައިވާ ރޭޓުތަކުގައި ކެއުމާއި ސަޔަށްވާ ފައިސާ އޮފިޝަލުންގެ އެލަވަންސްއާއެކު ޖަމާކުރެވޭނެއެވެ.
|
ވަގުތު |
ރޭޓް |
|
ހެނދުނު ސައި (ހެނދުނު 6:00 އިން 8:00 އަށް މަސައްކަތްކުރާނަމަ) |
-/75ރ (ހަތްދިހަ ފަސް ރުފިޔާ) |
|
މެންދުރު ކެއުން (12:00 އިން 14:00 އަށް މަސައްކަތްކުރާނަމަ) |
-/100ރ (ސަތޭކަ ރުފިޔާ) |
|
ހަވީރު ސައި (16:00 އިން 18:00 އަށް މަސައްކަތްކުރާނަމަ) |
-/75ރ (ހަތްދިހަ ފަސް ރުފިޔާ) |
|
ރޭގަނޑު ކެއުން (20:00 އިން 22:00 އަށް މަސައްކަތްކުރާނަމަ) |
-/100ރ (ސަތޭކަ ރުފިޔާ) |
|
ދަންވަރު ސައި (23:00 ގެ ފަހުން މަސައްކަތްކުރާނަމަ) |
-/75ރ (ހަތްދިހަ ފަސް ރުފިޔާ) |
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޙާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެއެވެ. އަދި މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުޞަތު ނުދެވޭނެއެވެ.
- މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ މާރިޗް 24 އާއި 2026 މާރިޗު 29 އާ ދެމެދުގައެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ހާސިލްކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ (ޕޯޓަލްގައި އެޓޭޗްކުރެވޭނީ 3mb އަށްވުރެ ކުޑަ ޕީ.ޑީ.އެފް ފައިލް)
- ވަނަވަރު (ޕޯޓަލްގައި އެޓޭޗްކުރެވޭނީ 1mb އަށްވުރެ ކުޑަ ޕީ.ޑީ.އެފް ފައިލް)
- ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން (ޕޯޓަލްގައި އެޓޭޗްކުރެވޭނީ 2mb އަށްވުރެ ކުޑަ ޕީ.ޑީ.އެފް ފައިލް)
ނޯޓް:
- ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތަކުން ، އޮބްޒާވަރ، މޮނިޓަރ، އަދި ކެންޑިޑޭޓްގެ މަންދޫބަކަށް ވުމަށް އެދި ފޯމު ހުށަހަޅާ ފާސް ދޫކުރެވިއްޖެނަމަ، އެ ފަރާތަކުން އޮފިޝަލުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވާ ފޯމު ބާތިލުވާނެއެވެ.
- ބޭނުންވާ ޢަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެކަމުގައި ދެންނެވީމެވެ. އަދަދު ހަމަވުމުން އިތުރަށް އޮފިޝަލުން ނުނަގާނެއެވެ.
- އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފަރާތްތައް ހަރަކާތްތެރިވާނެ ވޯޓުލާ މަރުކަޒާއި މަޤާމު ކަނޑައަޅާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.
- އޮފިޝަލުން ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)38-BB/38/2025/249 އިޢުލާނަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ފަރާތްތަކުން އަލުން ހުށަހަޅުއްވަން ނުޖެހޭނެއެވެ.
- ނަމަވެސް އިންތިޚާބު ބާއްވަން މިހާރު އިޢުލާން ކޮށްފައިވާ ތާރީޚް (2026 އޭޕްރިލް 4) ގައި އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އުޒުރުވެރިވާނަމަ އެކަން އީމެއިލްގެ ޒަރިއްޔާއިން މިކޮމިޝަނަށް އަންގަވައިދެއްވުން އެދެމެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
