ދިވެހިރާއްޖެ
ނޭޝަނަލް އޯޒޯން ޔުނިޓްގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓްގެ ދަށުން ކެމިކަލްސް މެނޭޖްމަންޓް އޮފިސަރެއް ހޯދުމާއި ގުޅޭ
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގެ ދަށުން ހިންގާ ނޭޝަނަލް އޯޒޯން ޔުނިޓުގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓްގެ ދަށުން ކެމިކަލްސް މެނޭޖްމަންޓް އޮފިސަރެއްގެ މަޤާމަށް ކުރިމަތިލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން 31 މާރިޗު 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 1200 ގެ ކުރިން ތަޢުލީމީ ފެންވަރުގެ ސެޓިފިކެޓުގެ އެކްރެޑިޓެޑް ކޮޕީއާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާ އަދާކުރި ތަނުން ދީފައިވާ ލިޔުމުގެ ކޮޕީ، ޕްރޮޖެކްޓް މުވައްޒަފެއްނަމަ ޕްރޮޖެކްޓް ޑިރެކްޓަރގެ 'ނޯ އޮބްޖެކްޝަން' ސިޓީ އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ 'ނޯ އޮބްޖެކްޝަން' ސިޓީ، ތިރީގައިވާ އެޑްރެހަށް އީމެއިލް ގެ ޒަރިއްޔާ އިން ހުށަހެޅުއްވުން އެދެމެވެ.
މި ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް http://www.environment.gov.mv/ އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު ސުރުޚީގައި އިއުލާން ނަމްބަރާއި އިއުލާނުގެ ނަން ލިޔަންވާނެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ނޭޝަނަލް އޯޒޯން ޔުނިޓްގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓްގެ ދަށުން ކެމިކަލްސް މެނޭޖްމަންޓް އޮފިސަރެއް ހޯދުމާއި ގުޅޭ
ހިއުމަން ރިސޯސް ޑިވިޜަން،
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް،
ވެލާނާގެ، 05 ވަނަ ފަންގިފިލާ، 20096، އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ
ފޯން: 3018300
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ.
