މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާވިފައިވާ ގަވާއިދުތަކަށް އަހުލުވެރިކުރުމާ ގުޅޭ

       ޢިމާރާތްކުރުމުގެ ޤާނޫނު: (4/2017) ގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އާންމުންނާއި ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް އަހުލުވެރިކުރުމުގެ ގޮތުން އޮންލައިން ޕްރޮގްރާމްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިހިނގަމުންދާ އަހަރުގެ 2 ބަޔަކަށް ބަހާލައިގެންނެވެ.

       މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މިސެޝަންތަކުގެ މައިގަނޑު މަޤްސަދަކީ ޢިމާރާތްކުރުމުގެ ޤާނޫނާއި، މިޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އާންމުންނާއި ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަހުލުވެރިކުރުމެވެ. މި ސެޝަންތަކުގައި އިމާރާތްކުރުމުގެ މަސައްކަތާއި ގުޅުންހުރި ހުއްދަތައް ދިނުމާއި، ކުރެހުން ފާސްކުރުމާއި އަދި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އަމަލުކުރަން އޮންނަ ގޮތުގެ މަޢުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ.

       އެހެންކަމުން، މި އަހަރުގެ ފުރަތަމަ ބައިގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ވާހަކަ ދަންނަވަމެވެ. އަދި މި ޕްރޮގްރާމުގެ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާ  ދުވަސްތަކުގެ ތާވަލެއް މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

       ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވުމަށް ބޭނުންވާ ފަރާތްތައް 30 މާރިޗު 2026 ފެށިގެން 02 އޭޕްރިލް 2026 ވަނަ ދުވަހުގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ލިންކުން ރެޖިސްޓްރޭޝަން ފުރިހަމަކުރެއްވުމަށް އެދި ދެންނެވީމެވެ. އިތުރު މަޢުލޫމާތެއް ބޭނުންވެލަށްވާނަމަ 7256557 ފޯނު ނަންބަރާއި ގުޅުއްވުމަށް ނުވަތަ [email protected]  އަށް އީ-މެއިލްކުރެއްވުންއެދެމެވެ.

ފޯމް ލިންކް: https://forms.office.com/r/B6NLEdJupw

04 ޝައްވާލް 1447

23 މާރިޗު 2026

23 މާރިޗު 2026
ހޯދާ