ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ސީނިއަރ ލީގަލް އޮފިސަރ

މި ޓްރައިބިއުނަލަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

 ސީނިއަރ ލީގަލް އޮފިސަރ

މަޤާމް ނަންބަރު:

 TAT-138

ބޭނުންވާ ޢަދަދު:

 01

މަޤާމް ގިންތި:

 ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

 ސީނިއަރ އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

 ލީގަލް، ރިޕޯޓިންގ އެންޑް ކޭސް މެނޭޖްމެންޓް  ސެކްޝަން

މުސާރަ، ޢިނާޔަތްތަކާއެކު:

-  އަސާސީ މުސާރަ:            -/8,000 ރުފިޔާ

-  ނޮން ޕްރެކްޓިސިންގ އެލަވަންސް: -/3,200 ރުފިޔާ (އަސާސީ މުސާރައިގެ %40)

-  ލިވިންގ އެލަވަންސް:         -/3,500 ރުފިޔާ

-  ސާރވިސް އެލަވެންސް:        -/170 (ވަޒީފާއަށް ނިކުންނަ ކޮންމެ ރަސްމީ ދުވަހަކަށް)

-  ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

-  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލާ ދިރާސާކުރުން؛ މިގޮތުން މިފަދަ މައްސަލަތަކުގައި ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ކޯޓުތަކާއި، ޓްރައިބިއުނަލުތަކުން ނިންމާފައިވާ ނިންމުންތައް ބަލާ ދިރާސާކޮށް މެމްބަރުންނަށް ލަފާދިނުން.
  2. ޓްރައިބިއުނަލުން ބަލަމުންދާ މައްސަލަތައް ދިރާސާކޮށް މެމްބަރުންނަށް ބޭނުންވާ ޤާނޫނީ ލަފާދިނުން.
  3. ޓްރައިބިއުނަލުގެ މަސައްކަތް ރަނގަޅަށް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގައި ތައްޔާރުކުރަންޖެހޭ ޤާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުން.
  4. ޓްރައިބިއުނަލުގެ ޙަރަކާތްތަކާ ގުޅިގެން ޤާނޫނީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދިރާސާކޮށް ޓްރައިބިއުނަލުގެ މައްސަލަބެލުމާއި، ޓްރައިބިއުނަލުގެ އެހެނިހެން ކަންކަން ޒަމާނާއެއްގޮތަށް ހަލުވިކަމާއި ފުރިހަމަކަމާއެކު ކުރެވޭނޭގޮތުގެ ލަފަޔާއި އިރުޝާދު ދިނުން.
  5. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޓްރައިބިއުނަލަށް ބެލޭނޭ މައްސަލަތައް ކަނޑައެޅުމުގައި ރަޖިސްޓްރަރ އަށް އެހީތެރިވެދިނުން. 
  6. ޓްރައިބިއުނަލުގެ މަސައްކަތްތަކާ ގުޅިގެން މަޢުލޫމާތު ސާފުކުރަން އެދޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމުގައި ޓްރައިބިއުނަލް އޮފިސަރުންނަށް އިރުޝާދުދިނުމާއި، އެކަންދަނީ ރަނގަޅަށްތޯ ބަލައި މޮނިޓަރކުރުން.
  7. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް، އެކަން ރަނގަޅަށް ކުރިއަށްދާކަން ދުވަހުން ދުވަހަށް ބަލައި ޔަޤީންކުރުން.
  8. ސުޕަރވައިޒަރ ހަވާލުކުރާ މައްސަލަތަކުގެ ދަފްތަރު ތައްޔާރުކޮށް ބެލެހެއްޓުމުގައި ޓްރައިބިއުނަލް އޮފިސަރުންނަށް ލަފަޔާއި، އިރުޝާދު ދިނުމާއި، ކޭސްތައް ރަނގަޅަށް ރެކޯޑްކޮށް، ފައިލްކޮށް، ބެލެހެއްޓެމުންދާކަން ޔަޤީންކުރުން.
  9. ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތަކުގެ އަޑުއެހުން ނިމުމުން، ދެ ޚަޞްމުން ދެއްކި ވާހަކަތަކުގެ ނުކުތާތައް އެކުލަވާލުން.
  10. ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތައްބަލާ ނިމުމާއެކު މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ތައްޔާރުކުމުގައި ޓްރައިބިއުނަލުގެ މެމްބަރުންނަށް އެހީތެރިވެދިނުން.
  11. ޓްރައިބިއުނަލަށް ހުށަހެޅޭ އިދާރީ އެކިއެކި މައްސަލަތަކުގައްޔާއި، މީޑިއާއަށް ޖަވާބު ދާރީވާންޖެހޭ ކަންތައްތަކުގައި މެމްބަރުންނަށް ޤާނޫނީ ލަފާދިނުމާއި، މިފަދަ މައްސަލަތަކުގައި ޖަވާބުދާރީވުމުގައި އެހީތެރިވެދިނުން.
  12. ކޯޓުގައި ނުވަތަ އެނޫންވެސް ތަނެއްގައި ޓްރައިބިއުނަލު ތަމްސީލް ކުރަންޖެހިއްޖެ ޙާލަތްތަކުގައި ޓްރައިބިއުނަލު ތަމްސީލްކުރުން.
  13. ޓްރައިބިއުނަލުގެ މަސައްކަތްތަކާމެދު ޢާންމުންނާއި، މުއައްސަސާތައް ހޭލުންތެރި ކުރުވުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމާއި އެފަދަ ކަންކަމުގައި އެހީތެރިވެ ދިނުން.
  14. ޓްރައިބިއުނަލްގެ މަސައްކަތްތަކާ ގުޅިގެން މާލެއިން ބޭރަށް ދާންޖެހޭ ހާލަތްތަކުގައި އެފަދަ ދަތުރުތަކުގައި ބައިވެރިވުން.
  15. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ހަވާލުކުރެވޭ މަސައްކަތްތައް ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކުރިއަށްގެންދިއުން.

 

މަޤާމަށް ބޭނުންވާ ފެންވަރު ނުވަތަ ޝަރުތު

 -  ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދަށްވެގެން އެމް.އެން.ކިއު.އެފް ލެވެލް 7 ނުވަތަ އެއާއި އެއްފެންވަރެއްގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.

ހުށަހަޅަން ޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި ޓްރައިބިއުނަލުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެނގޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް) 
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ).
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  7. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރެއިން ވަނަވަރު ފިޔަވައި އެހެން ލިޔުންތަކުގައި "އަސްލާ އެއްގޮތް"ކަން ބަޔާންކޮށް ޤާނޫނީ ވަކީލަކު ތައްގަނޑު ޖަހަންވާނެއެވެ.
  8. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން. (ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްދިނުމުގައި ބެލޭނީ ތިރީގައިވާ ކަންތައްތައް ފުރިހަމަވެފައިވާ ލިޔުންތަކަށެވެ.)

 (ހ) އެތަނެއްގެ ލެޓަރހެޑުގައި ތައްޔާރު ކުރެވިފައިވާ ލިޔުމަކަށްވުން.

 (ށ) އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، މަޤާމުގެ މައިގަނޑު މަސައްކަތްތައް ހިމެނިފައިވުން.

 (ނ) ވަޒީފާ އަދާކުރި މުއްދަތު.

 (ރ) ވަޒީފާ އަދާކުރިތަނުގެ ވެރިއެއްގެ ސޮޔާއި ތައްގަނޑު. (ތައްގަނޑު ހިމެނިފައިވާނަމަ ސޮއި ނެތްނަމަވެސް ޕޮއިންޓް   ދެވޭނެއެވެ).

 

ޝޯޓް ލިސްޓް ކުރުން

 މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ސްކްރީންކޮށްނިމޭއިރު މަޤާމަށް ޝަރުތު ފުރިހަމަވާ   ފަރާތްތަކުގެ  ޢަދަދު 6 އަށްވުރެގިނަނަމަ ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިހާނު އޮންނާނެތަނާއި މުއްދަތު

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާން އަދި އިންޓަރވިއު އޮންނާނީ، 01 އެޕްރީލު 2026  އިން 20 އެޕްރީލު 2026 އާ ދެމެދެ މި ޓްރައިބިއުނަލުގައެވެ.   

އެހެނިހެން މަޢުލޫމާތު

 - މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީގަޑީގައި ނަންބަރު   3015555 ފޯނަށެވެ.  

 - ވަޒީފާއަށް އެދި ފޯމް ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ރަސްމީ ދުވަހެއް ބަންދު   ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް   އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.            

     

                   އެޕްލިކޭޝަން ހުށަހަޅާނެގޮތް

ސުންގަޑި

 ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

 (ގ.މާގަހަ، 2 ވަނަ ފަންގިފިލާ)  ނުވަތަ،

 ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލުގެ [email protected]    އަށް މެއިލްކުރުން. މެއިލްކުރާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF   ކޮށްފައެވެ.

 (މެއިލް ކުރުމަށްފަހު އޮފީހަށް މެއިލް ލިބުނުކަން ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ)

 

2026 މާރިޗު  31 ވަނަ ދުވަހުގެ

13:00 ގެ ކުރިން

 

23 މާރިޗު 2026

23 މާރިޗު 2026
ހޯދާ