މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުމުރުން 50 އަހަރުން މަތީގެ އެއް ބޭފުޅަކަށް ދެވޭ ޢުމުރާދަތުރު:

ހެޔޮއެދޭ ފަރާތަކުން ރ.އަނގޮޅިތީމުގެ ރައްޔިތުންގެ ތެރެއިން ޢުމުރުން 50 އަހަރުން މަތީގެ އެއް ބޭފުޅަކަށް ޢުމްރާ ދަތުރެއް ދިނުމަށް އެދި ހުށަހަޅުއްވާފައިވާތީ އެކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ވީމާ، ޢުމުރުން 50 އަހަރުން މަތީގެ ބޭފުޅުންގެ ތެރެއިން އެއް ފަހަރުވެސް ޙައްޖެއް ނުވަތަ ޢުމްރާއެއް ވެފައިނުވާ (އަންހެން، ފިރިހެން) ބޭފުޅުން 30 މާރޗު 2026 (ހޯމަ) ދުވަހުގެ 13:00 ގެ ކުރިން ލިންކުގައިވާ https://forms.office.com/r/gHje1zq4Cj ގޫގަލް ފޯމް ފުރުއްވުން އެދެމެވެ.  މިކަމަށް މީހަކު ޢައްޔަން ކުރުމަށް ހަމަޖެހިފައިވަނީ ހުށައަޅާ މީހުންގެ ތެރެއިން ގުރުއަތުން ނެގޭ މީހެކެވެ.

        މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ  ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:30 ން 12:30 ށް މިއިދާރާގެ ނަންބަރު 4000031 ފޯނަށް ގުޅުއްވައި ނުވަތަ ކައުންސިލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.              

23 މާރިޗު 2026
ހޯދާ