މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ރާއްޖެ ސުޕަރ ލީގު 2026 – ފިރިހެން ޑިވިޜަން" ގައި ބައިވެރިވާ ކ. ތުލުސްދޫ ކައުންސިލްގެ ޓީމަށް ކުޅުންތެރިން ހޯދުން.

އިޢުލާން

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް 2026 މެއި 01ގައި ބާއްވާ "ރާއްޖެ ސުޕަރ ލީގު 2026 – ފިރިހެން ޑިވިޜަން" ވޮލީ މުބާރާތުގައި ތުލުސްދޫ ކައުންސިލްގެ ފަރާތުން "ތުލުސްދޫ" ތަމްސީލް ކުރާނެ ފިރިހެން ޓީމެށް ބައިވެރިކުރުމަށް ވަނީ ހަމަޖެހިފައެވެ. ވުމާއެކު "ތުލުސްދޫ ވޮލީ ޓީމަށް" ކުޅެން ބޭނުންވާ ކުޅުންތެރިން ނަންނޯޓު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ، މިކަމަށްޝައުޤުވެރިވާ ކުޅުންތެރިން މިލިންކް https://forms.gle/QNpmb2WyirayPyxs7  ގައިވާފޯމް 2026 މާރޗް 31 ވަނަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

22 މާރިޗު 2026
ހޯދާ