މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ރާއްޖެ ސުޕަރ ލީގު 2026 – ފިރިހެން ޑިވިޜަން" ގައި ބައިވެރިވާ ކ. ތުލުސްދޫ ކައުންސިލްގެ ޓީމަށް ކޯޗުކަން ކޮށްދޭނެ ފަރާތެއް ހޯދުން.

އިޢުލާން

 

                  "ރާއްޖެ ސުޕަރ ލީގު 2026 – ފިރިހެން ޑިވިޜަން" ގައި ކ. ތުލުސްދޫ ކައުންސިލްގެ ފަރާތުން ބައިވެރިކުރާ ޓީމަށް ކޯޗުކަންކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، ކ. ތުލުސްދޫ ކައުންސިލްގެ ޓީމަށް ކޯޗުކަން ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2026 މާރޗް 31 ވާ އަންގާރަ ދުވަހުގެ 13:30އަށް ކ. ތުލުސްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން  [email protected]އަށް އީމެއިލް މެދުވެރިކޮށް ހޯދަންބޭނުންފުޅުވެލައްވާ މަޢުލޫމާތު ބަޔާންކޮށް 2026 މާރޗް 26 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ސާފުކުރެއްވުން އެދެމެވެ.

 

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 2026 މާރޗް 31 ވާ އަންގާރަ ދުވަހުގެ 13:30 އަށް ކ. ތުލުސްދޫ ކައުންސިލް އިދާރާއަށް ދުރުވެ އަގު ހުށައެޅުއްވުން އެދެމެވެ.
  • ·         (ސުންގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

މިހެންވެ އިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

 

22 މާރިޗު 2026
ހޯދާ