ދިވެހިރާއްޖެ
މާލެ އާޓިފިޝަލް ބީޗް ތެރޭގައި ލެޑް ސްކްރީނެއް ހަރުކޮށް، ވާލްޑްކަޕް 2026 ފުޓްބޯޅަ މުބާރާތާއި އަދި މުޖުތަމައަށް ފައިދާހުރި އެހެނިހެން ޕްރޮޤްރާމްތައް އެސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފެންނާނެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ،
މާލެ އާޓިފިޝަލް ބީޗް ތެރޭގައި ލެޑް ސްކްރީނެއް ހަރުކޮށް، ވާލްޑްކަޕް 2026 ފުޓްބޯޅަ މުބާރާތާއި އަދި މުޖުތަމައަށް ފައިދާހުރި އެހެނިހެން ޕްރޮޤްރާމްތައް އެސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފެންނާނެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލެ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.
|
|
ތާރީޚް |
ގަޑި |
ތަން / ތަފްޞީލް |
|
މަޢުލޫމާތު ސާފުކުރުން |
29 މާރިޗު 2026 (އާދިއްތަ) |
10:00 |
މާލެ ސިޓީ ކައުންސިލް ހޯލް، ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް |
|
އަގު ހުށަހެޅުން |
07 އެޕްރީލް 2026 (އަންގާރަ) |
10:00 |
މާލެ ސިޓީ ކައުންސިލް ހޯލް، ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް |
މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
