ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެފް.އޭ.އެމް ރީޖަނަލް ލީގު ކޮލިފަޔަރޒް 2026/2025 ފުޓްބޯޅަ މުބާރާތުގެ ސައުތު ޒޯން – 2" ފުޓްސަލް މުބާރާތަށް ސެކިއުރިޓީ ގްރޫޕެއް ހޯދުމާއިގުޅޭ؛

އެފް.އޭ.އެމް ރީޖަނަލް ލީގު ކޮލިފަޔަރޒް 2026/2025 ފުޓްބޯޅަ މުބާރާތުގެ ސައުތު ޒޯން – 2" ފުޓްސަލް މުބާރާތަށް ސެކިއުރިޓީ ގްރޫޕެއް ހޯދުމާއިގުޅޭ؛

 

      10 އޭޕްރިލް 2026 ގައި ފެށުމަށް ހަމަޖެހިފައިވާ  އެފް.އޭ.އެމް ރީޖަނަލް ލީގު ކޮލިފަޔަރޒް 2026/2025 ފުޓްބޯޅަ މުބާރާތުގެ ސައުތު ޒޯން – 2" ފުޓްބޯޅަ މުބާރާތަށް ސެކިއުރިޓީންގެ ގްރޫޕެއް ހޯދުމަށް އިޢުލާންކުރަމެވެ.

       ވީމާ، އެފް.އޭ.އެމް ރީޖަނަލް ލީގު ކޮލިފަޔަރޒް 2026/2025 ފުޓްބޯޅަ މުބާރާތުގެ ސައުތު ޒޯން – 2" ފުޓްބޯޅަ މުބާރާތުގައި ސެކިއުރިޓީ ޙިދުމަތް ފޯރުކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ސެކިއުރިޓީ ޙިދުމަތަށް ހުށަހަޅާއިރު މަދުވެގެން 06 މީހުން ގެ ގްރޫޕެއް ހިމަނަންވާނެއެވެ. އަދި އީމެއިލް ޒަރީއާއިން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިގަނެވޭނެއެވެ. މެއިލް ކުރައްވާނީ، [email protected] އަށެވެ. އީމެއިލްކުރާ ކަމުގައިވާނަމަ އީމެއިލް ލިބުނުކަން ކަށަވަރު ކުރަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް 7905301/7931318 އަށް ގުޅުއްވުން އެދެމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 26 މާރޗް 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

 

މިހެންވެ އިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                                           21 މާރޗް 2026                           

21 މާރިޗު 2026
ހޯދާ