މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސްޕަވައިޒަރ - ކަނޑުއޮތްގިރި ފިޝްވިލެޖް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމްއަށް މީހުން ހޯދަން އިއުލާން ކުރަމެވެ.

މަޤާމު

 ސްޕަވައިޒަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކަނޑުއޮތްގިރި ފިޝްވިލެޖް

ބޭސިކް މުސާރަ:

           

      5950.00  ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • ސާވިސް އެލަވަންސް: 3570.00 ރުފިޔާ (ބޭސިކް މުސާރައިގެ %60)
  • މިނިމަމްވޭޖް އެލަވަންސް: 1725.5ރުފިޔާ (ބޭސިކް މުސާރައިގެ %29)
  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް ހާސިލްކޮށްފައިވުން.
  • މަގާމާގުޅޭ ދާއިރާއަކުން މަދުވެގެން   03 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.   

މަޤާމުގެ މަސްޢޫލިއްޔަތު:

  • އައިސް ޕްލާންޓުގެ ދުވަހުން ދުވަހަށް ހިންގާ އޮޕަރޭޝަނަލް މަސައްކަތްތައް ސުޕަވައިޒްކޮށް ވިލަރެސްކުރުން.
  • މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް، އެފަރާތްތަކަށް ބޭނުންވާ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުން.
  • މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ރޭވުމާއި، އެ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކަނޑައެޅުން.
  • އޮޕަރޭޝަނަލް ރެކޯޑްތައް ބެލެހެއްޓުމާއި، މަސައްކަތާ ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން.
  • މަސައްކަތުގައި ދިމާވާ މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • މުވައްޒަފުންގެ ޝިފްޓް ތާވަލުތައް އެކުލަވައިލުމާއި ހާޒިރީ ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު އަދި ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (މިފްކޯ ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

އެޕްލިކޭޝަން ހުށަހަޅާނީ މިފްކޯ ހެޑް އޮފީސް ރިސެޕްޝަންނަށެވެ.

   އަށެވެ [email protected] އީމެއިލް ކުރައްވާނީ 

ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 26 މާރޗް 2026 ދުވަހުގެ މެންދުރު 12:00ގެ ކުރިންނެވެ.   

މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

 

19 މާރިޗު 2026
ހޯދާ