ދިވެހިރާއްޖެ
އިޢުލާން ނަންބަރު: ASND-HCM-IUL-2026-09
މަޤާމް: އެސިސްޓެންޓް އޮފިސަރ
ވަޒީފާގެ ބާވަތް: ދާއިމީ
ސެކްޝަން / ޔުނިޓް: ކޭސް ޕްރޮސެސިނގް
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކައުންޓަރ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް / އައްޑޫ ސިޓީ ހިތަދޫ
މަސައްކަތު ގަޑި: ޝިފްޓް ޑިއުޓީ
މަޤާމުގެ ޝަރުތު:
- ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 3 މާއްދާއިން "ސީ" ފާސް ލިބިފައިވުން.
- ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަދަ ފަރާތަކަށްވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ދިނުމާއި، މަޢުލޫމާތު ހޯދުމަށް ގުޅާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމާއި އަދި ޚިދުމަތް ހޯދުމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުން.
- އާސަންދަ، މެރަނަ، އަދި ވެލްފެއާ ސްކީމްތަކުގެ ދަށުން ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަމުންދާ ބަލިމީހުންގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުމާއި ޕްރޮސެސްކުރުން.
- އާސަންދަ އަދި ވެލްފެއާ ސްކީމްތަކުގެ ދަށުން މެޑިކަލް އިވެކުއޭޝަން އަދި މެޑިކަލް ޓްރާންސްފާއާ ގުޅޭ އެންމެހައި އިދާރީ މަސައްކަތްތައް ބެލެހެއްޓުން.
- ވެލްފެއާ ސްކީމްގެ ދަށުން ފަރުވާ ލިބޭ ހުރިހާ ލޯކަލް ކޭސްތަކެއްގެ އިދާރީ ހުރިހާ މަސައްކަތެއް ބެލެހެއްޓުމާއި ޕްރޮސެސްކުރުން.
- އޯވަސީސް ރިފަރަލްސް، އިމަޖެންސީ އިވެކުއޭޝަންސް، އެންއެސްޕީއޭ ރިކުއެސްޓްސް، އަދި ކަސްޓަމަރުންނާ ގުޅޭ އެހެނިހެން މަޢުލޫމާތު ފޯރުކޮށްދިނުން.
- ސުޕަވައިޒަރުންގެ ޑިއުޓީ މޯބައިލް، އިމަޖެންސީ އިވެކުއޭޝަން މޯބައިލް، ކޭޝްލެސް، ޓިކެޓިން، އަދި އެންއާރު އީމެއިލްތައް ބެލެހެއްޓުން.
- އެމްޕަނަލްޑް ސާވިސް ޕްރޮވައިޑަރުންގެ ފަރާތުން ހުށައަޅާ މެރަނަ ކޭޝްލެސް ހޮސްޕިޓަލައިޒޭޝަންގެ ހިދުމަތްތައް ޕްރޮސެސްކުރުން.
އެހެނިހެން ހުނަރު:
- މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
- ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.
މުސާރައާއި އިނާޔަތް:
- -/12،300.00 ރުފިޔާ
- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.
ކުރިމަތިލުމުގެ ސުންގަޑި: 25 މާރިޗު 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން.
މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ޖޮބް އެޕްލިކޭޝަން ޕޯޓަލް ލިންކް: https://my.aasandha.mv/jobs/apply
ހުށަހަޅަންޖެހޭ ތަކެތި:
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ޚާއްޞަ ސަމާލުކަމަށް:
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ ކުންފުންޔަށް ލިބިގެންވެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
