މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ކިޔޫ.އެމް.އެސްގެ މަސައްކަތު މަގާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ހޯދުން.

ކިޔޫ.އެމް.އެސްގެ މަސައްކަތު މަގާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ބޭނުންވެއެވެ.

 

މަގާމު

މަސައްކަތު ގްރޭޑް 1

ބޭނުންވާ ޢަދަދު

01 (އެކެއް)

މުސާރަ

މަހަކު 7,535.00 ރުފިޔާ

މަގާމުގެ އެލަވަންސް

މަހަކު 2.600.00 ރުފިޔާ

އިތުރު ޢިނާޔަތްތައް

މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާޒިރީ ޢިނާޔަތުގެގޮތުގައި މަސައްކަތު ނުކުންނަ ދުވަހަކަށް 60.00 ރުފިޔާ އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ

ލިޔަން ކިޔަން އެނގުން، ނުވަތަ މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

އެމް.އެން.ޑީ.އެފްގެ ސަރަހައްދުތަކުގައިވާ އެންމެހާ ޢިމާރާތްތަކާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތު ކުރުމާއި، އެމް.އެން.ޑީ.އެފްގެ ފިރިހެން ސިފައިން ދިރިއުޅޭ ފެންޑާއާއި ފާޚާނާތައް ސާފުކުރުމުގެ އިތުރުން ޖަންކްޝަންތައް ސާފުކޮށް ބެލެހެއްޓުން.

މަގާމު

މަސައްކަތު ގްރޭޑް 2

ބޭނުންވާ ޢަދަދު

01 (އެކެއް)

މުސާރަ

މަހަކު 8,270.00 ރުފިޔާ

މަގާމުގެ އެލަވަންސް

މަހަކު 2,850.00 ރުފިޔާ

އިތުރު ޢިނާޔަތްތައް

މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާޒިރީ ޢިނާޔަތުގެގޮތުގައި މަސައްކަތު ނުކުންނަ ދުވަހަކަށް 65.00 ރުފިޔާ އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ

1- ގްރޭޑް 7 ނިންމާފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2- ލިޔަން ކިޔަން އެނގުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބަފައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

އެމް.އެން.ޑީ.އެފްގެ ސަރަހައްދުތަކުގައިވާ އެންމެހާ ޢިމާރާތްތަކާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތު ކުރުމާއި، އެމް.އެން.ޑީ.އެފްގެ ފިރިހެން ސިފައިން ދިރިއުޅޭ ފެންޑާއާއި ފާޚާނާތައް ސާފުކުރުމުގެ އިތުރުން ޖަންކްޝަންތައް ސާފުކޮށް ބެލެހެއްޓުން.

ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން

ކިޔޫ.އެމް.އެސް/ މާލެ

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2026 މާރިޗު 31 ވާ އަންގާރަ ދުވަހު 14.00 ގެ ކުރިން މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް މިވުޒާރާއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

27 ރަމަޟާން 1447

16 މާރިޗު 2026
ހޯދާ