ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ ހިންގާ ކޮމިޓީގެ މެމްބަރުގެ މަޤާމުގެ އިންތިޚާބަށް ހުޅުވާލުން

އިޢުލާން

 

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ ހިންގާ ކޮމިޓީގެ މެމްބަރުގެ މަޤާމުގެ އިންތިޚާބަށް ހުޅުވާލުން

 

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާޢިދު (ވާރޝަން 2023) ގެ 20 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހިންގާ ކޮމިޓީގެ ހުސްވެފައިވާ  ހިންގާ ކޮމިޓީގެ މެމްބަރުގެ  މަޤާމަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު 2026 އެޕްރީލް 11 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީއިން ހުސްވެފައިވާ ހިންގާ ކޮމިޓީގެ މެމްބަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލަމެވެ. މި މަޤާމަށް މެމްބަރަކު އިންތިޚާބުކުރެވޭނީ، މިހާރު ހިނގަމުންދާ ހިންގާ ކޮމިޓީގެ ދައުރުގެ ބާކީ މުއްދަތަށެވެ. އެ މުއްދަތު ހަމަވާނީ 1 އެޕްރީލް 2029 އަށެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ އިންތިޚާބީ މަޤާމަކަށް ކުރިމަތިލެވޭނީ އަންނަނިވި ފަރާތްތަކަށެވެ.

1-      މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހިރައްޔިތަކަށްވުން

2-      އެސޯސިއޭޝަނުގެ މެމްބަރު ކުލަބެއްގެ މެމްބަރެއް ނުވަތަ އެސޯސިއޭޝަނުގެ އަމިއްލަ މެމްބަރަކަށްވުން، ނުވަތަ

3-      އެސޯސިއޭޝަންގެ ހިނގަމުންދާ ދައުރުގެ ހިންގާ ކޮމިޓީގެ މެމްބަރަކަށްވުން.

4-      ޖިނާޢީ ޙުކުމެއް ތަންފީޒުކުރަމުންދާ ފަރާތަކަށް ނުވުން. ނުވަތަ އެ ޙުކުމެއް ތަންފީޒުކޮށް ނުވަތަ އެފަދަ ޙުކުމެއް މަޢާފްކުރިތާ 5 އަހަރު ވެފައިވާ ފަރާތަކަށްވުން.

5-      ބުއްދި ސަލާމަތުން ހުރުން.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގައި ހިމެނޭ، ހިންގާ ކޮމިޓީގެ މެމްބަރުގެ މަޤާމަށް ކުރިމަތިލެވޭނީ ވަކި މެމްބަރެއްގެ ގޮތުގައެވެ.

ވީމާ، މި މަޤާމުތަކަށް ކުރިމަތިލުމަށް ގަސްދުކުރައްވާ ޝަރުތު ފުރިހަމަވާ ފަރާތްތަކުން، މި އިޢުލާނާއެކު މިވާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ އެހެނިހެން ލިއުންތަކާއެކު 1 އެޕްރީލް 2026 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށަހެޅުއްވުން އެދެމެވެ.

18 މާރިޗު 2026
ހޯދާ