ދިވެހިރާއްޖެ
އިޢްލާން
ހުރާ ކައުންސިލްގެ 4ވަނަ މަދަޙަ މުބާރާތް 1447
މިކައުންސިލުން އިންތިޒާމްކޮށްގެން ރަށުފެންވަރުގައި ބާއްވާ 04 ވަނަ މަދަޙަ މުބާރާތް 1447، 23 އޭޕްރިލް 2026 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރާތް ބޭއްވުމުގެ މަޤްސަދަކީ ހުރާގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމާއި ޒޯންތަކުގެ ވާދަވެރިކަމާއި އެކު މުބާރާތް ކުރިޔަށް ގެންގޮސް ޒޯންތަކުގެ އެކުވެރިކަން ބަދަހި ކުރުމެވެ.
ވީމާ، މިމުބާރާތުގައި ވަކިވަކި މަދަޙަ ހުށައަޅަން ބޭނުންވާ ފަރާތްތަކުން، 09 އޭޕްރިލް 2026 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ.
https://forms.gle/nFANEwDdNxCAoZFu9
އަދި ގުރޫޕް މަދަޙަ ހުށައަޅާ ޒޯން ތަކުން، 09 އޭޕްރިލް 2026 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. ގްރޫޕްގެ ބައިވެރިންގެ އައިޑީ ކާޑް 02 ފުށުގެ ކޮޕީ ކައުންސިލް އިދާރާއަށް ނުވަތަ [email protected] އަށް މެއިލް ނުވަތަ 9411300 އަށް ވައިބަރ ކޮށްދެއްވުން އެދެމެވެ.
https://forms.gle/rfn67vsrNiR3ZDmw5
މީގެ އިތުރުން ޑުއެޓްކޮށް މަދަޙަ ހުށައަޅާ ޒޯން ތަކުން، 09 އޭޕްރިލް 2026 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ.
https://forms.gle/wL31NcaJUP5LrEMT6
މި މުބާރާތުގައި އަމަލުކުރާނެ ޤަވައިދާއި ޒޯންގެ މަޢުލޫމާތު މިއިޢުލާނާއި އެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢްލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7561923 އާއިއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
