މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ފުޅާ ކުރުމުގެ މަޝްރޫޢު އާއި ގުޅިގެން ފަޅުތެރޭގެ އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭ.

              މާލޭ އުތުރު ފަރާތު ހެންވޭރު ފެރީ ޓާމިނަލް އިން ފެށިގެން އިއްޒުއްދީން ފާލަން ހިމެނޭގޮތަށް ،މާލޭ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް  21 މާރޗް 2026 ގައި ފެށުމަށް ވަނީ ތާވަލް ކުރެވިފައެވެ. މި ދެންނެވި ސަރަހައްދު ތަކުގައި މަސައްކަތް ކުރުމަށް ތާވަލް ކުރެވިފައިވާ ގޮތުގެ ތަފުސީލް ތިރީގައި އެވަނީއެވެ.

 

  1. ހެންވޭރު ޓާމިނަލް އިންފެށިގެން،މަސްވެރިންގެ ޕާރކާހަމައަށް ހިމެނޭސަރަހައްދު. 21 މާރޗް 2026 ން ފެށިގެން މަސައްކަތް ނިންމާ ސަރަހައްދު ހުޅުވެންދެން ބަންދުވާނެއެވެ.
  2. މަސްވެރިންގެ ޕާރކުން ފެށިގެން 05 ނަމްބަރ ފާލަމާހަމައަށް ހިމެނޭ ސަރަހައްދު  30 މާރޗް 2026 ން ފެށިގެން މަސައްކަތް ނިންމާ ސަރަހައްދު ހުޅުވެންދެން ބަންދު ވާނެއެވެ.
  3.  5 ނަމްބަރ ފާލަމުން ފެށިގެން ،އިއްޒުއްދީން ފާލަމާހަމައަށް ހިމެނޭ ސަރަހައްދު 17 އެޕްރީލް 2026 ން ފެށިގެން މަސައްކަތް ނިންމާ ސަރަހައްދު ހުޅުވެންދެން ބަންދުވާނެއެވެ.

             ވީމާ، މި އަދުން ފެށިގެން މަގު ފުޅާ ކުރުމުގެ މަސައްކަތްތައް ނިމި އާންމުކޮށް ސަރަހައްދު ހުޅުވާ ލެވެންދެން މަތީގައި ބަޔާންކޮށްފައި އެވާ ސަރަހައްދުގެ އެއްގަމުތޮއްޓާއި ހުރަސްތޮށީގައި އެއްވެސް އުޅަނދެއް މަޑުކޮށްގެން އޮތުމާއި،ދާއިމީކޮށް އަޅާފައި ނުބޭއްވުމަށް އަންގަމެވެ.

            ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

16 މާރިޗު 2026
ހޯދާ