ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ކުންފުނީގެ ތިރީގައި މިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.
|
މަޤާމު: |
މެނޭޖަރ |
|
ބޭނުންވާ ޢަދަދު |
1 |
|
ވަޒީފާގެ ބާވަތް |
01 އަހަރުގެ ކޮންޓްރެކްޓް |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ފުވައްމުލައް ފިޝް ޕްރޮސެސިންގް ފެސިލިޓީ |
|
ޖުމްލަމުސާރަ |
16،000 ރުފިޔާ އާއި 20،000 ދެމެދު |
|
ޝަރުޠު: |
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން. މަގާމާގުޅޭ ދާއިރާއަކުން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން. |
|
މަޤާމުގެ މަސްއޫލިއްޔަތުތައް |
ފިޝް ފްރޮސެސިންގ ފެސިލިޓީގެ މަސައްކަތްތައް މެނޭޖްކޮށް ފެސިލިޓީގައި އުޅޭ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން. މުވައްޒަފުން ކުރިއަށް ގެންދާ މަސައްކަތްތައް ބަލާ އިންތިޒާމް ކޮށްފައިވާ މަސައްކަތްތަކާއި އިތުރު އެކްޓިވިޓީތައް ފުރިހަމަ އަށް ކުރިއަށް ގެންދާކަން ކަޝަވަރުކުރުން. މަސަތްކަތާއި އެކަށިގެންވާ ކަންތައް ފަސޭހައިން ހިންގާގޮތަށް ކަށަވަރުކުރުމުގެ ގޮތުން މެނޭޖްމެންޓް އަދި އެކަށީގެންވާ ޑިޕަރޓްމެންޓްތަކާއި އެއްކޮށް ކޯޑިނޭޓްކުރުން.-މުވައްޒަފުން އޮޕަރޭޝަނަލް ޕްރޮސީޖަރސް އަދި ސޭފްޓީ ސްޓޭންޑަރޑްސް އަށް ތަބާވާކަން ކަށަވަރުކުން. |
|
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. |
|
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ ދެފުށް ފެންނާނޭހެން. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.) ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް) ޕޮލިސް ރިޕޯރޓް |
|
މަޤާމަށް މީހަކު ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ |
އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ. މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި ބަލާނީ ކެންޑިޑޭޓްގެ ތަޖުރިބާއާއި، ތަޢުލީމާއި، މަޤާމުގެ މަސައްކަތަށް ޤާބިލު ފަރާތެއްކަން އިންޓަރވިއުގައި ސާބިތުކޮށްދޭ މިންވަރެއްގެ މައްޗަށެވެ. މި މަޤާމަށް މީހަކު ހޮވުމުގައި ތަޢުލީމާއި ތަޖުރިބާއަށް ދެވޭ ޕޮއިންޓް ދޭނީ މި މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ސައްޙަކަން ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ. އިންޓަރވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެންޑިޑޭޓަށް ޙާޟިރު ނުވެވިއްޖެނަމަ، ފަހުން އިންޓަރވިއު ނުދެވޭނެއެވެ. |
|
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: |
ެއަށެވ [email protected] ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 18 މާރޗް 2026 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ. މި މަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ. |
|
|
|
ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއުކުރުމަށްފަހު އެންމެ މަތިން މާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ
