ދިވެހިރާއްޖެ
"ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2026" ކުރިއަށްދާ މުއްދަތުގައި ފުޓްބޯޅަ ދަނޑު ސަރަޙައްދުން ކެންޓީން އަދި ގާޑިޔާ ކުއްޔަށް ދޫކުރުމަށް ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، ބާކީހުރި ކެންޓީން އަދި ގާޑިޔާ ތަކަށް ޝައުގުވެރިކަން ފާޅުކޮށް ބީލަން ސިޓީ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މުބާރާތް ކުރިޔަށް ދާނީ 20 އޭޕްރީލް 2026 އިން 30 އޭޕްރީލް 2026 އަށް ކެނދިކުޅުދޫ ޓާފް ފުޓުބޯޅަ ދަނޑުގައެވެ.
ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކެންޓީން އަދި ގާޑިޔާގެ ތަފުޞީލް:
|
އަދަދު |
ބާވަތް |
ތަން |
ތަނުގެ ބޮޑުމިން |
އެންމެ ކުޑަ އަގު |
|
2 |
ކެންޓީން |
ދަނޑުގެ އުތުރު އަދި ދެކުނު ފަރާތް |
'19*'09 |
ދުވާލަކަށް -/500ރ |
|
2 |
މޭޒު/ގާޑިޔަ |
ދަނޑުގެ ހުޅަނގު ފަރާތުން ގާޑިޔާ 5 އަދި 6 |
'10*'09 |
ދުވާލަކަށް -/200ރ |
ކުއްޔަށް ދޫކުރާތަނަށް ބޭނުންވާ ކަރަންޓް ނެގޭނެ އިންތިޒާމް ކައުންސިލުން ހަމަޖައްސައި ދެވޭނެއެވެ. ކަރަންޓް ފީގެގޮތުގައި ކޮންމެ ކެންޓީނަކަށް ދުވާލަކަށް 50ރ އަދި ގާޑިޔަލަކަށް ދުވާލަކަށް 30ރ ގެމަގުން މުބާރާތުގެ މުއްދަތަށް ޗާޖު ކުރެވޭނެއެވެ. ކެންޓީނުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމާއި އަދި އުފެދޭ ކުނި މެނޭޖް ކުރުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ.
ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަށްވުރެ އިތުރަށް ބީލަން ސިޓީ ހުށަހަޅާފައިވާނަމަ ކުއްޔަށް ދޫކުރެވޭނީ އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށެވެ. 2 ފަރާތުން އެއް އަގެއް ހުށަހަޅާފައިވާނަމަ ކުއްޔަށް ދޫކުރާނެ ފަރާތެއް ހޮވާނީ ގުރުއަތުންނެވެ. ކޮންމެ ފަރާތަކަށްވެސް ސިޓީ ހުށަހެޅޭނީ އެއް ސްލޮޓްއަށެވެ. އެއް ސްލޮޓްއަށް ވުރެއިތުރަށް އެއް ފަރާތްތަކުން ސިޓީ ހުށަހަޅާފައިވާނަމަ، އެފަރާތަކުން ހުށަހަޅާ ހުރިހައި ސިޓީއެއް ބާޠިލް ކުރެވޭނެއެވެ.
ބީލަން ނުވަތަ ސިޓީ ހުށަހަޅުއްވަންވާނީ ސިޓީއުރައިގާ ބަންދު ކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި "ކެންޓީން / ގާޑިޔާ ހިންގުމަށް" މިހެން ލިޔުއްވާ އިޢުލާނު ނަންބަރު ޖެހުމަށް ފަހުގައެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- އަގުބަޔާންކޮށް ހުށަހަޅާ ސިޓީ (ދުވާލަކަށް ހުށަހަޅާ އަގު ވަކިން އެނގޭ ގޮތަށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ވިޔަފާރި ރަޖިސްޓްރީ ކޮޕީ
- ޚިދުމަތް ދިނުމަށް ހުށައަޅާ ފަރާތް ނޫން އެހެންފަރާތަކުން ބީލަން ސިޓީ ހިއްޕަވައިގެން ވަޑައިގަންނަވާނަމަ، ޚިދުމަތް ދިނުމަށް ހުށައަޅާ ފަރާތުން ބަދަލުގައި މީހަކު ފޮނުވާކަމުގެ ލިޔުން އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށައަޅަންވާނެއެވެ. އަދި ބީލަން ހުށައަޅާ ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ ގިނަވެގެން 1 ބީލަމެވެ.
"ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެންޕިއަންޝިޕް 2026" ކުރިއަށްދާ މުއްދަތުގައި އެސަރަހައްދުގައި ކެންޓީން/ގާޑިޔާ ހިންގުމަށް، ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ސިޓީ ބަލައިގަތުމާއި ހުޅުވުން އޮންނާނީ 19 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމް (ކެނދި މާލަމް) ގައެވެ. އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި ނަންބަރު 6563930 އަށް ގުޅުއްވުމަށް ދަންނަވަމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
ވީމާ, މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
