ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިތުރު އީދު ދުވަހުގެ ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އިޢުލާނު

ފިތުރު އީދު ދުވަހުގެ ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

މިއަހަރުގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހެނދުނުގެ ސައި، ތިރީގައިވާ މެނޫއާ އެއްގޮތަށް 150 (ސަތޭކަ ފަންސާސް) މީހުންނަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ސައިގެ މެނޫ:

  • ފެނުކެއްކި ބިސް
  • ދޮންކެޔޮ
  • ކުޅި ބޯކިބާ
  • ގެރިކިރު ބޯކިބާ
  • ނިއުޓްރޯ ބިސްކޯދު
  • ކަޅުސައި
  • ކިރުސައި
  • ފެން / ޓިޝޫ
  • ޑިސްޕޮސަބަލް ފެން ބޯ ތަށި
  • ޑިސްޕޮސަބަލް ކާތަށި

ހިދުމަތާ ގުޅޭ އިތުރު ތަފްސީލު:

  • ސައި ބޯ ތަނުގައި މޭޒުތައް ތައްޔާރުކޮށް، ސައި އަތުރައިދޭންވާނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 މާރޗް 2026 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 22:00 އަށް މިއިދާރާއަށް ވަޑައިގެން، ބަޔާންކުރެވިފައިވާ މެނޫއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

13 މާރިޗު 2026
ހޯދާ