ދިވެހިރާއްޖެ
މަޤާމް: އެސިސްޓަންޓް ޑިރެކްޓަރ (ގްރޭޑް 1)
ބޭނުންވާ ޢަދަދު: 01 (އެކެއް)
މުސާރަ: -/11,623 ރުފިޔާ
ލިވިންގ އެލަވަންސް: -/3,000 ރުފިޔާ
ރިސްކް އެލަވަންސް: -/1,000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: ފުވައްމުލަކު ގޮފި
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
1- ގޮފީގެ އިދާރީ، އަރކައިވް އަދި ސަޕޯޓް މުވައްޒަފުން ކުރާ މަސައްކަތް ސުޕަވައިޒްކުރުން.
2- އޮފީހުގެ މައްސަލަތަކުގެ ކަލެކްޝަން އަދި ސްޓޯރޭޖް އިން ފެށިގެން އަރުޝީފްކުރުން އަދި ޑިސްޕޯސަލްގެ ފުރިހަމަ ލައިފްސައިކަލް ބެލެހެއްޓުން. މި ދައުރު އަދާކުރުމުގައި ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުމާއި، ހަރުދަނާ ޕްރޮސެސްތައް ތަންފީޒުކުރުމާއި، ސެންސެޓިވް މައުލޫމާތުތައް ރައްކާތެރިކުރުން. އަދި ޑިޖިޓަލް ޕްރިޒަރވޭޝަން އިނިޝިއޭޓިވްސް މެނޭޖްކޮށް، ހުރިހާ ކޭސްތަކެއް އެކަށީގެންވާ ގޮތެއްގައި އަރުޝީފްކޮށް، އެކްސެސިބަލްކޮށް ބެލެހެއްޓުން.
3- ގޮފިން އަދި ގޮފީގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އޮފީހުގެ އިސްވެރިންގެ އިރުޝާދާއެކު ރާވާ ހިންގުން.
4- ހިއުމަން ރިސޯސް ސެކްޝަންގެ ލަފާގެމަތިން ގޮފީގެ މުވައްޒަފުންނާއި ގުޅުން ހުރި އެންމެހާ ކަންތައްތައް ބެލެހެއްޓުން.
5- ޕްރޮސިކިއުޝަން ސަޕޯޓާ ގުޅޭ ގޮތުން ގޮފިން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ދުވަހުން ދުވަހަށް ކުރުމާއި އެ މަސައްކަތްތައް މުވައްޒަފުން ލައްވާ ކުރުވުން.
6- މީގެ އިތުރުންވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް އަންގަވާ އެންމެހާ މަސައްކަތްތައް ކުރުން.
ފެންވަރު ނުވަތަ ޝަރުޠު:
- މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 26 މާރިޗު 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.
ލިންކް: https://online.pgo.mv/applications/jobs
ނޯޓް: 1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
2- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 29 މާރިޗު 2026 – 30 އެޕްރީލް 2026 ވަނަ ދުވަހުގައެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
3- ވަނަވަރު
4- ދރއ. ކާޑުގެ ކޮޕީ
5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން
23 ރަމަޟާން 1447
