ދިވެހިރާއްޖެ
`
މަގޫދޫ ސްކޫލް
ފ.މަގޫދޫ ، ދިވެހިރާއްޖެ.
އިޢުލާން ނަންބަރ:1033/IUL/2026/03
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. ސްކޫލުން ދައްކާ ނަމޫނާއާއި އެއްގޮތަށް މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ސަޕްލައި ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މައުލޫމާތު ޝީޓްގައި ބަޔާންކުރެވިފައިވާނެއެވެ.
2. މިބީލަމުގައި ބައިވެރިވުމަށް 12 މާރިޗް 2025 އިން 25 މާރިޗު 2026 ވަނަ ދުވަހުގެ 10:00 ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ތިރީގައި މިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެއެވެ.
https://forms.gle/UETLgt61mEPGSd4B8
3. މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 26 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
4. މި ބީލަމާ ބެހޭގޮޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 26 މާރިޗް 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ފ.މަގޫދޫ ސްކޫލް އޮފީހުގައެވެ.
5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 30 މާރިޗް 2026 ވާ ހޯމަ ދުވަހުގެ 10:00 ގައި ފ.މަގޫދޫ ސްކޫލް އޮފީހުގައެވެ.
6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިދާރީ ސެކްޝަން
ފ.މަގޫދޫ ސްކޫލް
ސޯސަންމަގު، މަގޫދޫ، ދިވެހިރާއްޖެ.
ފޯން: 6740591
އީ-މެއިލް: [email protected]
23 ރަމަޟާން 1447
