ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
ދިވެހިބަހާއި، ސަގާފަތާއި، ތަރިކައާ ބެހޭ ވުޒާރާގެ އިދާރީ ހިންގުން ހަރުދަނާކުރުމާއި މަސައްކަތްތައް ތަރުތީބުކުރުމުގެ ދިރާސާ 2026-2028 ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ނަން ނުވަތަ ކުންފުނީގެ ނަން އަދި ގުޅޭނެ ނަންބަރު [email protected] އީމެއިލަށް 18 މާރިޗު 2026 ވާ ބުދަ ދުވަހުގެ 12:00 ކުރިން ފޮނުއްވައި ބިޑް ރަޖިސްޓްރީ ކުރެންވުންއެދެމެވެ. ބިޑް ރަޖިސްޓްރީ ވާ ފަރާތް ތަކަށް މައުލޫމާތު ކަރުދާސް ހިއްސާކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ތިރީގައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގެންދެއްވުން އެދެމެވެ.
|
ތަފްޞީލް |
ތާރީޚް (ދުވަސް) |
ގަޑި |
ތަން |
|
އަންދާސީ ހިސާބު ހުށަހެޅުން |
2026 މާރިޗު 24 (އަންގާރަ) |
13:00 |
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ (ޤައުމީ ދާރުލްއާސާރު ބިނާ) |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް [email protected] ނުވަތަ 7660603 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
