މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ފޭސް އެކްސެސް ޓާމިނަލް ސިސްޓަމް ފޯރުކޮށްދީ، ހަރުކޮށް، އަދި ކޮންފިގަރ ކޮށްދޭނެ ފަރާތެއް ހޯދުން.

    މި އޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، ފޭސް އެކްސެސް ޓާމިނަލް ސިސްޓަމް ފޯރުކޮށްދީ، ހަރުކޮށް، އަދި ކޮންފިގަރ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

    ވީމާ، މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތީން، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 29 މާރިޗު 2026 ވާ އާދީއްތަ ދުވަހު 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 އެޕްރީލް 2026 ވާ އަންގާރަ ދުވަހުގެ 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވުމަށް އެދި އީމެއިލް ފޮނުއްވާ ފަރާތްތަކަށާއި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

    ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ )([email protected] އީމެއިލް އަށް 29 މާރިޗު 2026 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334154 ފޯނަށް ގުޅުއްވުން އެދެމެވެ.

12 މާރިޗު 2026
ހޯދާ