ދިވެހިރާއްޖެ
މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 07 އޭޕްރިލް 2026 އިން 12 އޭޕްރިލް 2026 އަށް ބޭއްވުމަށް ތާވަލު ކުރެވިފައިވާ " ސީނިއަރ މިކްސްޓީމް ޗެމްޕިއަންޝިޕް" ގައި ބައިވެރިވުމުގެ ފެރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މި މުބާރާތަކީ 40 އަހަރުން މަތީގެ ފިރިހެން ކުޅުންތެރިންނަށާއި 35 އަހަރުން މަތީގެ އަންހެން ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ބާއްވާ މިކްސް ޓީމް މުބާރާތެކެވެ. މި މުބާރާތުގެ މަޤްޞަދަކީ އެންމެހާ ފަރާތްތަކަށް ވާދަވެރި ރޫޙެއްގައި ބައިވެރިވެ ބެޑްމިންޓަންގެ މަޤްބޫލުކަން އިތުރުކުރުމާއި އެއްތަނަކަށް އެއްވެ ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި އެކު ވެޓެރަންސް ކެޓެގަރީގައި ބެޑްމިންޓަންގެ އެކިއެކި މުބާރާތް ތަކުގައި ވާދަކުރުމުގެ ފުރުޞަތު އިތުރުކުރުމެވެ.
ވީމާ މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު 19 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށައެޅުއްވުން އެދެމެވެ. ) އީމެއިލް ކުރައްވާނީ [email protected] )
ބައިވެރި ވުމަށް އެދޭ ފޯރމް ( ޕާޓިސިޕޭޝަން ފޯމް ):
- · މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް (ޕާޓިސިޕޭޝަން ފޯމް)، މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައި
- ޑައުންލޯޑް ކުރުމަށް Senior Mix-Team Championship PARTICIPATION FORM
https://drive.google.com/file/d/1ak3M5T3qbPM_at5Gj-47T2USS1JXNGZs/view?usp=sharing
( އީމެއިލް ކުރައްވާނީ [email protected] )
ކަނޑައެޅިފައިވާ ތާރީޙް އަދި މުބާރާތް ކުޅެވޭތަން ތަން:
- 07 އޭޕްރިލް 2026 ން – 12 އޭޕްރިލް 2026 އަށް މާލޭ ކުޅިވަރު އެކުވެނި.
އެންޓްރީ ފީ އަދި ހިމެނޭ އިވެންޓް ތައް:
|
ޓީމް އިވެންޓް ފީ |
|
|
ޓީމް އިވެންޓް |
MVR 2,000/- |
ކުޅެވޭ ޝަޓްލް ބްރޭނޑް:..........................
މުބާރާތުގެ ޤަވާއިދު އަދި ޓީމްލިސްޓް ފޯރމް:
މުބާރާތުގެ ޤަވާއިދު އަދި ޓީމްލިސްޓް ފޯމް މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައި
- · މުބާރާތުގެ ޤަވާއިދު ޑައުންލޯޑް ކުރުމަށް Senior Mixed-Team Championship 2026 – Tournament RULES
https://drive.google.com/file/d/1oCPSlKRLtuciEIWB5lAL5cNR_Jw5bGU8/view?usp=sharing
- · ޓީމް ލިސްޓް ފޯރމް ޑައުންލޯޑް ކުރުމަށް Team List Form
https://drive.google.com/file/d/1NeucjMqAAVqKPiui5b6MU0-JUGjWRsp6/view?usp=sharing
ޓީމްލިސްޓް ފޯރމް ހުށައެޅުމުގެ ފަހު ތާރީޙް:
- 26 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީހަށް
- ޓީމް ލިސްޓް ފޯމް އާއި އެކު ބައިވެރިންގެ އައި.ޑީ ކާޑު ކޮޕީ ހުށައަޅަންވާނެއެވެ.
މުބާރާތުން ޖޫރިމަނާއަކާއި ނުލާ ވިތްޑްރޯވަލްގެ އެންމެފަހު ތާރިޙް:
- 03 އޭޕްރިލް 2026 ވާ ހުކުރު ދުވަހުގެ 16:00 ކުރިން
މުބާރާތުގެ ޑްރޯ އަދި މެނޭޖަރސް މީޓިންގ:
- މުބާރާތުގެ ޑްރޯ (ގްރޫޕްތައް ތަރުތީބު ކުރެވިފައިވާގޮތް)06 އޭޕްރިލް 2026.
- މެނޭޖަރސް މީޓިންގ އޮންނާނީ 06 އޭޕްރިލް 2026 ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި.
- · މިބައްދަލުވުމުގައި މުބާރާތުގައި ބައިވެރިވާ ޓީމް ތަކުގެ މެނޭޖަރުން އަދި ކޯޗުން ޙާޒިރުވާން ވާނެއެވެ.
ހޮވާ ވަނަތައް އަދި އިނާމް ފައިސާ
- 1 ވަނަ ޓީމަށް މިލްކުވާ ތަށި، މެޑަލް އަދި ފައިސާގެ އިނާމް
- 2 ވަނަ ޓީމަށް މެޑަލް އަދި ފައިސާގެ އިނާމް
- 3 ވަނަ ޓީމަށް މެޑަލް އަދި ފައިސާގެ އިނާމް
|
# |
އިނާމް ފައިސާ |
ޗެމްޕިއަން ޓީމް |
ރަނަރަޕް ޓީމް |
ތިންވަނަ ޓީމް |
|
1 |
ޓީމް އިވެންޓް |
10،000 |
5،000 |
3،000 |
މުބާރާތުގެ ރެފްރ: …………………… ޑެޕިއުޓީ ރެފްރީ: ………………………
* ޓީމް ލިސްޓް ހުށައަޅުއްވާއިރު ފޯމްގައި ފުރިހަމަކުރަންޖެހޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރުމަށްފަހު ފޯމާއިއެކު ހުށައަޅަންޖެހޭ ހުރިހާ ތަކެތި ހަމަކުރުމަށްފަހު އެސޯސިއޭޝަނަށް ދުރުވެ ފޯމް ހުށައެޅުއްވުމަކީ މިއެސޯސިއޭޝަންގެ ވަރަށް ބޮޑު އިލްތިމާސް އެކެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން 15:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
