ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖް – ފުޓްސަލް މުބާރާތް 2026

ޅ.ކުރެންދޫ ކައުންސިލްގެ ފަރާތުން 05 ޖޫން 2026  އިން 14 ޖޫން 2026ގެ ނިޔަލަށް" ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖް 2026" ގެ ނަމުގައި

މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ

މި މުބާރާތަކީ  ޅ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކާއި، ރިސޯޓްތަކާއި ސިނާޢީ މަސައްކަތް ކުރާ ރަށްތަކުގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް

އެކުވެރިކަން ބަދަހިކުރުމާއި އެކު، ކުށް މަދުކުރުމާއި ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ހުނަރު އިތުރު ކުރުމުގެ މަޤްސަދުގައި ޅ.ކުރެންދޫ ކައުންސިލް އަދި

ކުރެންދޫ ޢިޖްތިމާއީ މަރުކަޒާއި ގުޅިގެން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ މުބާރާތެކެވެ.

ޓީމުތައް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވާންއެދޭ ފޯމު ފުރުއްވުމަށްފަހު ރަޖިސްޓްރޭޝަން ފީއާއި އެކު،

16 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އަދި ޓީމް ލިސްޓް 07 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

ރަޖިސްޓްރީކުރަން އެދޭ ފޯމާއި ޓީމް ލިސްޓް އަދި ޤަވައިދު ގެޒެޓް ލިންކުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

10 މާރިޗު 2026
ހޯދާ