ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ސްކޫލްގައި ފިޒިކަލް އެކްސެސިބިލިޓީ އިތުރަށް ތަރައްޤީ ކުރުމަށް ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން
މި ސްކޫލްގައި ފިޒިކަލް އެކްސެސިބިލިޓީ އިތުރަށް ތަރައްޤީ ކުރުމަށް ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން.
- މި ޕްރޮޖެކްޓްގެ ދަށުން މި ސްކޫލުގައި ކުރަންޖެހޭ މަރާމާތު މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2026 މާރިޗު 08 އިން 2026 މާރޗް 26 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/NSExHMWKvHa4rux69
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 މާރޗް 26 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 މާރޗް 28 ވާ ހޮނިހިރު ދުވަހުގެ 11:00 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެނީ 3 ވަނަ ނަންބަރުގައި ވާ ގޮތަށް ރަޖިސްޓްރީ ކުރާފަރާތްތަކަށެވެ.
- ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2026 މާރިޗު 30 ވާ ހޯމަ ދުވަހުގެ 11:00 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
- މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- އިހަވަންދޫ ސްކޫލް، އަމީނީމަގު މަގު، ހއ. އިހަވަންދޫ، ދިވެހިރާއްޖެ.
- ފޯން: 6501210
- އީ-މެއިލް: [email protected]
08 މާރިޗު 2026
ހޯދާ
