އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލާ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން

މި އިދާރާގެ ސެކުއުރިޓީ ބަލަހައްޓާއިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. އެހެންކަމުން މިކަމަށް އެދި އަގުހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 މާރިޗު 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ދުރުވެ ނުވަތަ ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 25 މާރިޗު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް ބީލަންފޯމް ފުރިހަމަކޮށް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާހާއި އަދި ބީލަންފޯމު މި އިޢުލާނާއިއެކު ގެޒެޓުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިކަމަށްއެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެ، ކެނޑުން އޮންނާނީ 25 މާރިޗު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައި އަގުހުށަހަޅާ ފަރާތްތަކުގެ ހާޟިރު ގައެވެ. އަގުހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ހުށަހަޅާ ފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުން އެދެމެވެ.

      މި މަސައްކަތާއި ބެހޭގޮތުން ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އަދި ބީލަންފޯމް މި އިދާރާ ރަސްމީކޮށް ހުޅުވާފައިހުންނަ ހުރިހާ ވަގުތެއްގައިވެސް ލިބެންހުންނާނެވާހަކަ ދަންނަވަމެވެ. މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓަރީ ކުރުމާއިބެހޭ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތީން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް ހުށައެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ. އަދި އަންދާސީ ހިސާބު ހުށައެޅުމަށް މަތީގައި ދަންނަވާފައިވާ ގަޑީގެ ފަހުން ހުށައަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.

                  ވީމާ، މިކަންއާންމުކޮށް އެންމަށްޓަކައި އިޢުލާން ކުރީމެވެ.

08 މާރިޗު 2026
ހޯދާ