ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
ފިޠުރު ޢީދު ދުވަހާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި އުތީމުގަނޑުވަރުގެ ޚިދުމަތްދިނުމާއި ގުޅޭ.

އުތީމު ގަނޑުވަރަކީ، ރަސްމީ ދުވަސްތަކުގެ އިތުރުން ބަންދު ދުވަސްތަކުގައި ވެސް ގިނަ ޢަދަދެއްގެ ދިވެހީންނާއި ފަތުރުވެރީން ޒިޔާރަތްކުރާ ދިވެހީންގެ ސަގާފީތަރިކައިގެ ތެރޭގައި ހިމެނޭ މުހިއްމު ބިނާއެކެވެ. އެހެންކަމުން، ފާއިތުވި އަހަރުތަކެކޭ އެއްފަދައިން މިހިނގާ 2026ވަނަ އަހަރު ވެސް ރަސްމީ ބަންދު ދުވަސްތަކުގައި ހއ. އުތީމަށް ވަޑައިގަންނަވާ ބޭފުޅުންނަށް އުތީމު ގަނޑުވަރު ބަލައިލެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި މަރުކަޒުން އިސްކަންދޭ ކަމެކެވެ.

 

އެ ގޮތުން،  2026ވަނަ އަހަރުގެ ރަސްމީ ބަންދު ދުވަސްތައްކަމުގައި ކަނޑައެޅިފައިވާ ދުވަސްތަކުގެ ތެރޭން ތިރީގައި މި ދަންނަވާ ދުވަހުގައި އުތީމުގަނޑުވަރު ހުޅުވައި ޚިދުމަތް ދެވޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

މުނާސަބާ

21 މާރިޗް 2026

02 ޝައްވާލް 1447

ހޮނިހިރު

ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި

 

 އިސްވެ ދެންނެވުނު ދުވަހުގެ އިތުރުން، ރަސްމީ ބަންދުނޫން ދުވަސްތަކުގައި (ހޮނިހިރުން ބުރާސްފައްޗަށް) ކޮންމެ ދުވަހަކު ހެނދުނު 8:00ން މެންދުރުފަހު 14:00އަށް އުތީމު ގަނޑުވަރު ހުޅުވިފައި ހުންނާނެއެވެ. ޓިކެޓު ވިއްކާނީ ހެނދުނު 8:15ން މެންދުރުފަހު 13:30އަށެވެ. ހުކުރު ދުވަހު އުތީމުގަނޑުވަރު ބަންދުވާނެއެވެ.

 
08 މާރިޗު 2026
ހޯދާ