ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާބެހޭ އުޞޫލު 2026 ޢާންމުކުރުން
"ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާ ބެހޭ އުޞޫލު 2022 (ދެވަނަ އިޞްލާޙު) ގެ ތިރީގައި ބަޔާންކޮށްފައިވާ ބައިތައް އިސްލާހުކޮށް، މި ސަރކިއުލަރއާއެކު "ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާބެހޭ އުޞޫލު 2026 " ޢާންމުކުރީމެވެ.
- އުޞޫލުގެ 2 ވަނަ މާއްދާއަށް އެޗް.އާރު މެނޭޖަރ، ޕްރައިމަރީ ސުޕަވައިޒަރު އަދި ސެކަންޑަރީ ސުޕަވައިޒަރު އިތުރުކުރުން.
- އުޞޫލުގެ 4 ވަނަ މާއްދާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ބަޔަށް 4.4، 4.5 އަދި 4.6 އިތުރުކުރުން.
- އުޞޫލުގެ 5 ވަނަ މާއްދާ "މަސައްކަތުގެ ފެންވަރުބެލުމުގައި މުއްދަތުބަލަންވީގޮތް" އަށް އިސްލާހުގެނެވިފައި.
- އުޞޫލުގެ 6 ވަނަ މާއްދާ "އެކިއެކި މަސައްކަތްތަކަށް އެހެން އޮފީހަކަށް ވަގުތީގޮތުން ވީއްލާފައިވާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުން" އަށް އިސްލާހުގެނެވިފައި.
- އުޞޫލުގެ 7 ވަނަ މާއްދާ "މަސައްކަތުގެ ފެންވަރުބެލުމުގައި ބޭނުންކުރާނެ ކެޓަގަރީތައް" މި ބައިގެ (ހ) އަދި (ށ) އަށް އިސްލާހުގެނެވިފައި.
- އުޞޫލުގެ 8 ވަނަ މާއްދާ "މަސައްކަތުގެ ފެންވަރުބެލުމުގައި ސީއެސްވިއުގަ އީ-ޕަރފޯމަންސް މެނޭޖްމަންޓް މޮޑިއުލް ބޭނުންކުރުން" އަށް 8.4 އިތުރުކުރުން.
- އުޞޫލުގެ 9 ވަނަ މާއްދާގެ 9.2 "މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ބައިގެ މަސައްކަތާއި ޒިންމާ" އަށް އިސްލާހުގެނެވިފައި.
- އުޞޫލުގެ 9 ވަނަ މާއްދާގެ 9.3.1 ގެ ސުރުޚީއަށް އިސްލާހުގެނެވިފައި.
- އުޞޫލުގެ 9 ވަނަ މާއްދާގެ 9.6 "މަސައްކަތުގެ ފެންވަރުބެލުމުގެ މަސައްކަތް ފުރިހަމަކުރުމުގެ ޒިންމާނެގުން" މި ބަޔަށް (ނ) އިތުރުކުރުން.
- އުޞޫލުގެ 10 ވަނަ މާއްދާގެ 10.1 "މަސައްކަތުގެ ފެންވަރުބެލޭ މުއްދަތުގައި ކަނޑައެޅޭ ޓާގެޓް/ޓާސްކު އަދި ކޮމްޕީޓެންސީތައް އިވެލުއޭޓް ކުރުން" އަށް އިސްލާހުގެނެވިފައި.
- އުޞޫލުގެ 11 ވަނަ މާއްދާގެ 11.1 ގެ (ނ) ގައި ބަޔާންކޮށްފައިވާ މުވައްޒަފުގެ މަސައްކަތްތައް އަދި ޓާގެޓް/ޓާސްކުތަކަށް މާކުސް ދިނުމުގައި ބޭނުންކުރާނެ މިންގަނޑުގެ ވަގުތަށް އިސްލާހުގެނެވިފައި.
- އުޞޫލުގެ 13 ވަނަ މާއްދާގެ "މަސައްކަތުގެ ފެންވަރުބެލުމާ ގުޅިގެން ލިބޭ ނަތީޖާ ނުވަތަ މަސައްކަތް ފާހަގަކުރުން" 13.2 އަށް އިސްލާހުގެނެވިފައި.
- އުޞޫލުގެ 14 ވަނަ މާއްދާ "މަސައްކަތުގެ ފެންވަރުބެލުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެގޮތް" އަށް އިސްލާހުގެނެވިފައި.
- މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާ "އެޗް.އާރު މެނޭޖަރ" ރިވިއުކުރާނެގޮތް ބަޔާންކުރުމަށް ފަހު، އުޞޫލަށް 15 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުން.
- މިހާރު އަމަލުކުރަމުންދާ އުޞޫލުގެ 15 ވަނަ މާއްދާ، މި އުޞޫލުގެ 16 ވަނަ މާއްދާގެ ގޮތުގައި ހަމަޖައްސައި، "މަސައްކަތުގެ ފެންވަރުބެލުމުގެ މަސައްކަތްތައް ކުރިޔަށްގެންދިއުމަށް ކަނޑައަޅާފައިވާ މުއްދަތުތައް" މި ބައިގެ ތާވަލަށް އިސްލާހުގެނެވިފައި.
ވުމާއެކު، 2026 ވަނަ އަހަރުން ފެށިގެން މަސައްކަތުގެ ފެންވަރުބެލުމުގެ މަސައްކަތަށް "ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާބެހޭ އުޞޫލު 2026" އާ އެއްގޮތަށް އަމަލުކުރުމަށް ދެންނެވީމެވެ.
08 މާރިޗު 2026
ހޯދާ
