ދިވެހިރާއްޖެ
އިޢުލާން
2026 ވަނަ އަހަރު މިސްކިތު އިމާމުންގެ ޕޫލް އެކުލަވާލުން
މ.މުލީ މިސްކިތްތަކުގެ އިމާމް އަދި މުދިމުން ޗުއްޓީ ނެގުމުން ނުވަތަ ސަލާމް ބުނުމުން ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށް ވޭޖް އެމްޕްލޯއިމަންޓްގެ އުސޫލުން އެކުލަވާލެވޭ ޕޫލްގައި މަސައްކަތް ކުރާނޭފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށްޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
|
މާޤާމް: |
އިމާމު / މުދިމު (ވޭޖު) |
|
ބޭނުންވާ ޢަދަދު: |
08 |
|
މަޤާމުގެ ގިންތިއާއި، މުއްދަތު: |
ވަގުތީ (1 އަހަރު ދުވަހުގެ މުއްދަތަށް) |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މ. މުލީ ކައުންސިލްގެ އިދާރާ / ކައުންސިލްގެ އިދާރާއިން ކަނޑައަޅާ މިސްކިތްތައް |
|
މުސާރަ: |
އިމާމެއްނަމަ 61.00ރ (ފަސްދޮޅަސް އެއްރުފިޔާ) ނިކުންނަވާ ކޮންމެ ނަމާދު ވަގުތަކަށް. މުދިމެއްނަމަ 53.00ރ (ފަންސާސް ތިން ރުފިޔާ) ނިކުންނަވާ ކޮންމެ ނަމާދު ވަގުތަކަށް. |
|
މަސައްކަތް ކުރަންޖެހޭ ގަޑީގެ ޢަދަދު |
ދުވާލަކު 5 ގަޑި ހަފުތާއަކު 7 ދުވަހު |
|
މަސްއޫލިއްޔަތުތަކާއި، ވާޖިބުތައް: |
ކުރުމާއި ކޮންމެނަމާދެއްގެ ވަގުތު ޖެހުމުގެ ކުރިން މިސްކިތަށްގޮސް މިސްކިތުގެ ކަންކަންބަލާ ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދުގެ ވަގުތުގައި ބަންގިގޮވުމާއި އިމާމްވެ ނަމާދުކުރުން.
ހިނގާ ނުހިނގާގޮތްބަލާ ސުޕަވައިޒްކޮށް ދިމާވާ މައްސަލަތައް ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން.
ކުރަންޖެހިފައިވާތަނެއް ހުރިތޯބެލުމާއި، ހުރިނަމަ ކަމާއިބެހޭ އިދާރާއަކަށް އެކަންއަންގައި އެކަން ހައްލުކުރުމަށް މަސައްކަތްކުރުމާއި، އިދާރާއިން އަންގަވާގޮތެއްގެ މަތިން މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ހައްލުކުރުމަށް މަސައްކަތްކުރުން.
ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތްކުރުން.
ލިޔުމެއް ހަރުކުރެވިފައިހުރިތޯ ބެލުމާއި، އެފަދަ ލިޔުންތައް ހުރިނަމަ ކައުންސިލަށް އަންގައި އެކަން ހައްލުކުރުން.
އެފަދަ ޕްރޮގުރާމްތަކަށް ބޭނުންވާ އެހީތެރިކަންދިނުމާއި، އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.
ހުކުރު ނަމާދާއި، ކަށުނަމާދު ކުރުން.
ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުން.
ކުރިއަށްދާކަން ކަށަވަރުކުރުމާއި އެގޮތަށް އެކަން ނުދާނަމަ ކައުންސިލަށް އެންގުން.
ބައިވެރިވުމާއި، ކައުންސިލުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
މަސައްކަތްތައް ކުރުން.
އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލް ގެ ނުވަތަ ސްޕަވައިޒަރގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން.
ތަންފީޒްކުރުމާއި ގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލާއި، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން.
|
|
މަޤާމުގެ ޝަރުތު: |
އިމާމު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މުދިމްކަމުގެ ސަނަދު ނުވަތަ ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން. ނުވަތަ ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
މުދިމް: ނަމާދު ކުރަންއެނގޭ އަދި އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދުމަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭ މީހެއްކަމުގައިވުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ތަޖުރިބާ.
|
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 މާރިޗު 29 ވަނަ ދުވަހުގެ 12:00ގެ ކުރިން މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. އަދި ޢިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައެޅި ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ސިޓީ ބައިލައި ގަނެވޭނެއެވެ. |
|
ޝޯޓް ލިސްޓް ކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2026 އެޕްރީލް 5 އާއި 8 އާއި ދެމެދު މ.މުލީ ކައުންސިލް އިދާރާގައެވެ. |
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް "(A2) ފޯމް" އާންމުކުރުން:
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭ ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓް) ޢާއްމުކޮށް ފެންނާނެހެން މި އިދާރާގައި ޢާއްމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު ޢާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|
އިތުރު މަޢުލޫމާތު ހޯދުން: |
މި ޢިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720508 އަށެވެ. |
ވީމާ، މިކަން ޢާންމުކޮށް އެނގުމަށްޓަކައި އިޢުލާން ކުރީމެވެ.
