ދިވެހިރާއްޖެ
މިކޯޓުގައި ހަދަމުންއައި ފާޚާނާގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން.
މިކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި، މިކޯޓުގައި ހަދަން ފަށާފައިވާ ފާޚާނާގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިމަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރީބިޑް މީޓިން) ، 09 މާރިޗް 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި މިކޯޓުގައި އޮންނާނެއެވެ.
މިމަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތުގެ އަންދާސީހިސާބު (އެސްޓިމޭޓް) ހުށަހެޅުން އޮންނާނީ 23 މާރިޗް 2026 ވާ ހޯމަދުވަހުގެ 11:00 ގައި ދިޔަމިގިލީ މެޖިސްޓްރޭޓް ކޯޓުގައެެވެ.
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑާއިގެންނެވެންނެތް (ވިޔަފާރިތަކުގެ) ވެރިފަރާތްތަކުން، ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަންއަންގައިދޭ ލިއުމެއް ބަދަލުގައި ވަޑައިގަންނަވާ ފަރާތުން ގެންނަންވާނެއެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
04 މާރިޗް 2026
