ދިވެހިރާއްޖެ
އދ. ދަނގެތި ސްކޫލުގެ މިހާރު ހުރި އިމާރާތް ތަޅާލައި، ބިން ސާފުކުރުމާއި، މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ވަގުތީގޮތުން ފެންސުޖަހައި ބަންދުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ (ތިންވަނަ އިއުލާން)
މި ކޯޕަރޭޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް، އދ. ދަނގެތި ސްކޫލުގެ މިހާރު ހުރި އިމާރާތް ތަޅާލައި، ބިން ސާފުކުރުމާއި، މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ވަގުތީގޮތުން ފެންސުޖަހައި ބަންދުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ކުންފުނިތަކުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބީލަން ހުޝަހެޅުއްމުވަށް ފުރުސަތު ހުޅުވާލަމެވެ.
ބީލަން ހުށަހެޅުމާ ގުޅޭ:
ބީލަން ހުށަހެޅުން: ބީލަން ހުށަހަޅާނީ 10 މާރޗް 2026 ވާ އަންގާރަ ދުވަހުގެ 12:59ގެ ކުރިން، މި ކޯޕަރޭޝަނުގެ މައި އޮފީސް ( ފަހި ދިރިއުޅުން ކޯޕަރޭޝަން، 2 ވަނަ ފަންގިފިލާ، ހ. ފަތަނގުމާގެ، ކ. މާލެ )އަށް ވަޑައިގެންނެވެ.
ބީލަން ކެނޑުން: ބީލަން ކެނޑުން އޮންނާނީ 10 މާރޗް 2026 ވާ އަންގާރަ ދުވަހުގެ 13:00ގައި، މި ކޯޕަރޭޝަނުގެ މައި އޮފީސް ( ފަހި ދިރިއުޅުން ކޯޕަރޭޝަން، 2 ވަނަ ފަންގިފިލާ، ހ. ފަތަނގުމާގެ، ކ. މާލެ ) ޖަލްސާކުރާ މާލަމުގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
އެހެނިހެން ކަންކަން: 1. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އިއުލާނު ނަމްބަރު އަދި ޕްރޮޖެކްޓް ނަމްބަރު ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.
2. ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
3. ބީލަން/އަންދާސީ ހިސާބު ހުށަހަޅަންވާނީ ދީފައިވާ މައުލޫމާތާއި (ޓީ.އޯ.އާރ) އެއްގޮތަށް، ހުރިހާ މަސައްކަތަކަށްވާ އަގު ހިމަނައިގެންނެވެ.
4. މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
5. މި އިއުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް، މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
6. ސައިޓް ބެލުމުގެ ކަންތައް، 09 މާރޗް 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މި ކޯޕަރޭޝަނުގެ ނަންބަރު 3313244 އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން ހަމަޖެހޭނެއެވެ.
މަސައްކަތް ހަވާލުކުރުމުގައި ޕޮއިންޓް ދޭނެ އުސޫލު:
- މަސައްކަތައް ހުށަހަޅާ އަގު: % 70
އެންމެ ކުޑަ އަގު ހުށަހަޅާފަރާތަކަށް އެންމެ މަތީ މާކުސް ދެވޭނެއެވެ.
- މަސައްކަތް ކުރުމަށް ހުށަހަޅާ މުއްދަތު: % 20
އެންމެ ކުރު މުއްދަތެއް ހުށަހަޅާފަރާތަކަށް އެންމެ މަތީ މާކުސް ދެވޭނެއެވެ.
- މަސައްކަތާއި ގުޅޭ ތަޖުރިބާ: % 10
މިފަދަ މަސައްކަތަކާއި ގުޅުންހުރި މަސައްކަތެއް ފުރިހަމަ ކޮށްފައިވާކަމުގެ ލިޔުމެއް ހުށަހެޅުމުން އެ މަސައްކަތާއި ގުޅޭ ތަޖުރިބާއަށް ޖުމްލަކޮށް ލިބޭ މާކްސް ދެވޭނެއެވެ. ކޮންމެ ފަރާތަކުންވެސް މަދުވެގެން 01 ލިޔުން ހުށަހަޅަންޖެހޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- އަންދާސީ ހިސާބު ނުވަތަ މަސައްކަތްކޮށްދޭނެ އަގު (އަގު ހުށަހަޅަންވާނީ އެތަނުން ނަގާ ކުނި އުކާލުމާއި އެކުގައެވެ.)
- ވިޔަފާރި ރަޖިސްޓްރީ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
- ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)
- އިއުލާނުކުރި ތާރީހާ ހަމައަށް 01 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް
- ވޭތުވެދިޔަ 03 އަހަރު ތެރޭގައި މިބާވަތުގެ މަސައްކަތެއް ކޮށްފައިވާކަމުގެ 01 ލިޔުން (މަސައްކަތް ކުރުވި ފަރާތުން ދީފައިވާ)
މި އިއުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްދުވަހު 09:00 – 14:00 ދެމެދު 9151716 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
