އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާރުއޯ ޕްލާންޓް އިންސްޓޯލްކުރުމަށް ބޭނުންވާ ތަން ކަނޑައެޅުމާއި ގުޅޭ

އިޢުލާން

 
 

އާރު އޯ ޕްލާންޓް އިންސްޓޯލްކުރުމަށް ބާނުންވާ ތަން ތައްޔާރު ކުރުމާއި ގުޅޭ

 

 

 

 

                              

                     ރައްޔިތުންނަށް ސާފް ބޯފެން ފޯރުކޮށްދިނުމާއި، ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމަށް ކައުންސިލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢުއާއި ގުޅިގެން ވޯޓަރ ޕިއުރިފަރ ސިސްޓަމަށް އެދި ނަންނޯޓު ކުރެވިފައިވާ ގެތަކަށް ބޭނުންވާ ސިސްޓަމްތައް ހޯދުމާއި، އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރުވަނީ ހޯޓެކް ކުންފުންޏާއި ހަވާލުކުރެވިފައެވެ.

ވީމާ، ވޯޓަރ ޕިއުރިފަރ ސިސްޓަމް ހަރުކުރާނެ ތަނެއް ކަނޑައަޅައި ތިރީގައިވާ ގޮތަށް އެތަން ތައްޔާރުކޮށް 31 މާރޗް 2026 ވާ އަންގާރަ ދުވަހުގެ ކުރިން މި އިދާރާގެ އ.ކައުންސިލް އޮފިސަރ އަލްފާޟިލް ރަޒާން މުޙައްމަދު ރިޔާޒްއަށް އެންގެވުންއެދެމެވެ.

  1. ސިސްޓަމް ހަރުކުމަށް ބޭނުންވާތަނާއި ކައިރީގައި ކަރަންޓް ސޮކެޓް ހަރުކުރެވިފައިހުރުން.
  2. ސިސްޓަމް ހަރުކުމަށް ބޭނުންވާތަނާއި ކައިރީގައި ވޯޓަރ ސަޕްލައި ފެންއިސްކުރު ހަރުކުރެވިފައި ހުރުން.
  3. ސިސްޓަމް ހަރުކުމަށް ބޭނުންވާތަނާއި ކައިރީގައި ވޭސްޓް ފެން ގުޅޭނޭ އިންތިޒާމް ހަމަޖެއްސެން ހުރުން.
  4. ސާފް ބޯފެން ފެން އިސްކުރު ހަރުކުރާނެ ތަނެއް ހުރުން.
  5. ސިސްޓަމް ހަރުކުރުމަށް ކުޑަވެގެން 2 ފޫޓު ފުޅައި، 3 ފޫޓު އުސް ޖާގައެއްގައި ސިމެންތިޖަހައި ނޫނީ އެނޫން ގޮތަކުންވިއަސް އެއްވަރުކޮށްފައި ހުރުން.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 މާރިޗު 2026
ހޯދާ