މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
މަސައްކަތް ކުރުމަށް

މި ސްކޫލުން 2016 ވަނަ އަހަރަށް މި ސްކޫލުގެ ކެންޓީނު ހިންގައި ބަލަހައްޓައިދިނުމަށް ކުރެވުނު އިޢުލާން ނަންބަރު 54/IUL)MUH-01/1/2015) އިޢުލާނަށް އެކަށީގެންވާ ވަރަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާތީ މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

1- 2016 ވަނަ އަހަރަށް މި ސްކޫލުގެ ކެންޓީނު ހިންގައި ބަލަހައްޓައިދިނުން

މަޢުލޫމާތު ސާފުކުރެއްވުން

17 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

22 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 10:00ގައި

އަދި މި ސްކޫލުގެ ފާޚާނާ މަރާމާތުކޮށްދޭނޭ ފަރާތެއް ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު 54/IUL)MUH-01/1/2015) އިޢުލާނަށް އެކަށީގެންވާ ވަރަށް މަޢުލޫމާތު އަންދާސީހިސާބު ހުށަހަޅާފައިނުވާތީ މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

1-  ފާޚާނާ މަރާމާތުކުރުން

މަޢުލޫމާތު ސާފުކުރެއްވުން

17 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

22 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 10.30 ގައި

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 3390634 އަށް ގުޅުއްވުން އެދެމެވެ. 

10 ޑިސެންބަރު 2015
ހޯދާ