ދިވެހިރާއްޖެ
އ.ތ.މ ކޮމިޓީއިން ރޯދަމަހާއި ގުޅުވައިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ "ޑަބްލިއު.ޑީ.ސީ ޛިކުރު އޯޕެން ޤުރުއާން މުބާރާތް 1447" ގެ ޤަވާއިދަށް ބަދަލު ގެނެސް، މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފީގެ އިތުރުން ނުބަލައި ކިޔެވުމުގެ ގޮފި އިތުރުކޮށްފައިވާ ވާހަަކަ ދެންނެވީމެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 03 މާރޗް 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް އިތުރު ކުރެވިފައިވާ ވާހަކަ ދެެންނެވީމެވެ.
ވިމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 03 މާރޗް 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިޙަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް ތިރީގައިވާ ގޫގަލް ލިންކް ފުރުއްވުން އެދެމެވެ.
https://forms.gle/tcia6AkrJ71S2TJJ8
މުބާރާތުގެ ޤަވާއިދު މި އިޢުލާނާއެކު ޢާންމުކުރީމެވެ. މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
