މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓުއަރިޒަމް ބިންތަކުގެ ހުރި ރުއްގަހުގެ ވެރިން ހޯދުން

މިރަށުގައި ޓުއަރިޒަމް ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ބިން ތަކުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމަށް 17 ފެބްރުއަރީ 2026 ވަނަ ދުވަހު ކުރި އިޢުލާން މުއްދަތު ހަމަވީއިރު އަދިވެސް ފޯމް ހުށަނާޅާ ރުއްތަކެއް އެބަހުއްޓެވެ. އެހެންކަމުން އަލުން މި ރުއްގަހުގެ ވެރިން ހޯދުމަށް  ދެވަނަފަހަރަށް އިޢުލާން ކުރަމެވެ. ވީމާ ޓުއަރިޒަމް ބިންތަކުގައި ނަންބަރު 1،2،3،5،9،11،16،17،22،26،27،28،29،30،31،32،33،34،36،37،38،39،40،41،42 ޖަހާފައިވާ ރުއްތަކުގެ ވެރިން ހޯދުމަށް ބޭނުންވެއެވެ.

                       ވީމާ މަތީގައި ދެންނެވިފައިވާ ރުއްގަހުގެވެރިން 05 މާރޗް 2026  ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ރުއްގަހުގެ ބަދަލަށް އެދޭފޯމް ފުރިހަމަކޮށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ފޯމް ހުށަނާޅާ ރުއްތައް ވެރިއަކު ނެތްކަމަށް ބަލައި ކައުންސިލްގެ ބެލުމުގެ ދަށުން ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. ރުއްގަހުގެ ބަދަލަށްއެދޭފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ.

                        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.     

01 މާރިޗު 2026
ހޯދާ