މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫ ގަރާޖު ބިމުގައި ފެންވަޅެއް ހެދުމުގެ މަސައްކަތް

ބީލަން ހުށައެޅުމުގެ ދަޢުވަތު (ދެވަނަ ފަހަރަ)

  1. ށ.ފޭދޫ ގަރާޖު ބިމުގައި ފެންވަޅެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މި އިދާރާގެ ނަންބަރު: (IUL)274/INDIV/2026/1 (25 ޖަނަވަރީ 2026) އިޢުލާނާ ގުޅިގެން، އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓުން (feydhoo.gov.mv)  އަދި ދިވެހި ސަރުކާރުގެ ގެޒެޓުން (gazette.gov.mv) ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  3. މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.
  4. ބީލަން ހުށަހަޅަން ވާނީ ‏2026‏ މާރިޗު 04 ވާ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން  މިއިދާރާގެ  [email protected]  މެއިލްއަށްށެވެ
  5. ހުށައަޅާ ބީލަން ވަޒަންކުރާނޭ މިންގަނޑާއި، ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 މާރިޗު 2026
ހޯދާ