ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާންމަހުގެ ފަހު ދިހައަކާއި ފިޠުރު ޢީދު ބަންދާއި ގުޅިގެން ކައުންސިލުން ދެމުންގެންދާ ޚިދުމަތްތައް މެދުކަނޑާލުމާއި ގުޅޭ

    ރަމަޟާންމަހުގެ ފަހު ދިހައަކާއި ފިޠުރު ޢީދު ބަންދާއި ގުޅިގެން 09 މާރިޗު 2026 އިން 22 މާރިޗު 2026ގެ ނިޔަލަށް ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅާފައިވާތީ، މިއިދާރާއިން ދެމުންގެންދާ ރަށްވެހިކަމުގެ ޚިދުމަތްތައް އަދި އެހެނިހެން ޚިދުމަތްތައް މިމުއްދަތުގެ ތެރޭގައި މެދުކަނޑާލެވޭނެ ވާހަކަ ދަންނަވަމެވެ. މިމުއްދަތުގެ ތެރޭގައި އާންމު ޚިދުމަތާއި އެހެނިހެން މަސައްކަތްތައް ރާއްވަވާފައިވާ ފަރާތްތަކުން މިފަދަ ކަންކަމަށް ބޭނުންވާ ހުއްދަތައް ދުރާލާ ހޯއްދެވުމަށް 08 މާރިޗު 2026 ވަނަ ދުވަހުގެ 11:00 ގެ ކުރިން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

    މިފުރުސަތުގައި، ރައްޔިތުންގެ ފަރާތުން މިފަދަ ކަންކަމުގައި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ނުހަނު އިޙްލާސްތެރިކަމާއިއެކު ޝުކުރުދަންނަވަމެވެ.

01 މާރިޗު 2026
ހޯދާ