ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތ.ވޭމަންޑޫ ބިންހިއްކުމުގެ ޢަމަލީ މަސައްކަތާއިގުޅޭ
ވޭމަންޑޫ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް މިހާރު ފެށިގެންދާއިރު، ބަނދަރުގެ ހުޅަނގުކޮޅާއި، ފޮންސިތުނޑި ޕާކާއި، ބަސްތާބީޗް ސަރަޙައްދު ހިމެނޭހެން ރަށުގެ ހުޅަނގުފަރާތާއި، ދެކުނުފަރާތު ފަޅާއި، ގޮނޑުދޮށަށް، އެއްވެސް ފަރާތަކުން އެއްވެސް ބޭނުމަކު ގޮސްއައިސްވެ ހެދުމާއި، ސަރަޙައްދުގައި މަޑުކުރުމަކީ ރައްކާތެރި ކަމެއްކަމުގައި ނުވާތީ، ވޭމަންޑޫ ބިންހިއްކުމުގެ މަސައްކަތް ނިމެންދެން ޒަރޫރީ ބޭނުމަކު ފިޔަވައި ބުނެވިދިޔަ ސަރަޙައްދު ތަކަށް މަސައްކަތް ކުރާފަރާތުގެ ހުއްދަ ލިބިގެންނޫނީ ނުދިއުމަށް ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.
ވީމާ، މި މުއްދަތު ތެރޭ ބުނެވިދިޔަ ސަރަޙައްދުތަކަށް ދިއުމުގެ ސަބަބުން ލިބޭ ގެއްލުންތަކަށް މަސައްކަތް ކުރާފަރާތުންނާއި، އަދި ކައުންސިލުން ޒިންމާނުވާނެ ކަމުގައި ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
01 މާރިޗު 2026
ހޯދާ
